ލިވަޕޫލްގެ އައު ކެޕްޓަންއަކަށް ވާޖިލް ވެންޑައިކް އިޚުތިޔާރުކުރި ސަބަބު ކޯޗު ޔާގެން ކްލޮޕް ސާފުކޮށްދީފި އެވެ.
12 އަހަރު ލިވަޕޫލަށް ކުޅެދިނުމަށްފަހު ކެޕްޓަން ޖޯޑަން ހެންޑަސަން ކުލަބު ދޫކޮށްލުމުން ކްލޮޕް ބުނީ ވެންޑައިކަށް ކެޕްޓަންކަން ދޭން އޭނާ ޖެހިލުމެއް ނުވި ކަމަށެވެ.
އޭނާ އަކީ ވަރަށް ފުރިހަމަ ކެޕްޓަނެއް. ފެންނަ ފެނުމަށް ވެސް އޭނާ އަކީ ކެޕްޓަނެއްގެ ސިފަތައް ހުރި ކުޅުންތެރިއެއް. ދެ ވަނަ ކަމަކީ ޝަހުސިއްޔަތުގެ ގޮތުން ވެސް އޭނާގެ ކިބާގައި ކެޕްޓަން ވަންތަކަން އެބަހުރި. މި ސަބަބުތަކަކީ ކުލަބުގެ ޕްރޮމޯޝަނަށް ވެސް މުހިންމު ކަންކަން. އޭނާ އަށް ކެޕްޓަން ބޭންޑް ދިނުމަކީ އަހަރެންގެ ނިންމުމެއް. އެކަމާ އަހަރެން ވިސްނާކަށް ވެސް ނުޖެހުނު. އޭނާ އަކީ ނެދަލޭންޑްސްގެ ވެސް ކެޕްޓަންކްލޮޕް
އިތުރަށް ކްލޮޕް ބުނީ ހެންޑަސަންއާއެކު ކުލަބުގެ ލީޑަރޝިޕްގައި އުޅެ ވެންޑައިކް ލިވަޕޫލް ލީޑްކުރަން ތައްޔާރުވެފައިވާކަން އިހުސާސްކުރެވޭ ކަމަށެވެ.
ލިވަޕޫލްގެ ވައިސް ކެޕްޓަންކަން ދީފައިވަނީ އިނގިރޭސި ޒުވާން ޑިފެންޑަރު ޓްރެންޓް އެލެގެޒެންޑާ އާނޯލްޑަށެވެ.
އަހަންނަށް ހީވަނީ މި ޒިންމާއަށް އާނޯލްޑް ތައްޔާރުހެން. އޭނާ އަކީ ލިވަޕޫލުން އައި ކުޅުންތެރިއެއް. އަހަރެން ހަވާލުވިފަހުން އޭނާ ވަރަށް ރަނގަޅަށް ކުޅެފި. ދެން ކުޅުންތެރިއެއްގެ ގޮތުންނާއި ފަރުދީ ގޮތުން ވެސް އޭނާ ވަރަށް ބޮޑަށް ހޭލުންތެރިވެ ތަސައްރަފް ފުދިއްޖެ. އޭނާ އަށް ވައިސް ކެޕްޓަނެއްގެ ރޯލު އެބައެނގޭ. އެއީ މި މަގާމުގެ ޝަރަފަށްވުރެ މުހިންމު ކަމެއް. އޭނާ އަށް ވައިސް ކެޕްޓަންކަން ދިނީ މިހެންވެކްލޮޕް
މި ދެ ކުޅުންތެރިން ނެތްނަމަ ޓީމުގެ ކެޕްޓަން ބޭންޑް އަޅާނީ ސްކޮޓްލޭންޑްގެ ވާތުވެކް އެންޑީ ރޮބަޓްސަން އާއި މިސުރުގެ ކެޕްޓަން މުހައްމަދު ސަލާހް އާއި ގޯލްކީޕަރު ބްރެޒިލްގެ އަލިސަން ބެކާ އެވެ.
ކްލޮޕް ބުނީ އޭނާގެ ޓީމުތަކުގައި ކެޕްޓަންކަން ކުރި ކީޕަރުން ތިބި ކަމަށާއި ނަމަވެސް ކީޕަރުން ދަނޑުމަތީގައި ބޭންޑް އެޅުން އޭނާ އަށް އެހާ ހިތްގައިމު ނޫން ކަމަށެވެ. ނަމަވެސް ޓީމުގެ ލީޑަރޝިޕްގައި ކެޕްޓަންކަން ކުރެވޭ ވަރުގެ ކީޕަރަކު ހުރުމަކީ ވަރަށްބޮޑު އެޑްވާންޓޭޖެއް ކަމަށެވެ. އަދި ސަލާހް އަކީ މިސުރުގެ ކެޕްޓަންވި ނަމަވެސް ފޯވަޑުންގެ ވިސްނުން ގިނަ ކަންކަމަށް ބެހެއްޓުމަށްވުރެ މޮޅު އިތުރީ ޓީމު މޮޅުކޮށް ގޯލު ޖަހަން ހާއްސަކުރުން ކަމަށެވެ. އަދި ލިވަޕޫލްގެ މުހިންމު ކުޅުންތެރިން ގުނާއިރު ރޮބަޓްސަން އަކީ ދޫކޮށްނުލެވޭނެ ކުޅުންތެރިއެއް ކަމަށް ވެސް ކްލޮޕް ބުންޏެވެ.