އަންނަ ހުކުރު ދުވަހު ފަށާ ކްލަބް މޯލްޑިބްސް ކަޕްގެ ދެވަނަ ބުރުގައި އެމްޕީއެލްއާއި ބީއެމްއެލް ވާދަކުރަން ޖެހިއްޖެއެވެ.
މުބާރާތުގެ ކާމިޔާބު ޓީމްތަކުގެ ތެރޭގައި ހިމެނޭ މިދެޓީމް ދެވަނަ ބުރުގައި ވާދަކުރާނީ ހުކުރު ދުވަހުގެ ރެއެވެ. އެންމެ ފަހުގެ ޗެމްޕިއަން ފެނަކަ ގަދަ ސޯޅަ ޓީމްގެ ބުރުގައި ވާދަކުރާނީ ގޭސް ކްލަބާއެވެ. އެމެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ރެއެވެ. ރޯޑްް ރެކްރިއޭޝަން ކްލަބް ދެވަނަ ބުރުގައި ވާދަކުރާނީ މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީ ލިމިޓެޑާއެވެ. އެމެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ރެއެވެ.
ގަދަ ސޯޅަ ޓީމް ވާދަކުރާ ބުރުގެ މެޗުތައް ފަށާނީ ހުކުރު ދުވަހުގެރޭ ވެމްކޯއާއި ކްރޮސްރޯޑްސް ވާދަކުރާ މެޗާއި, އާބަންކޯއާއި ޕްރިޒަން ކްލަބްގެ މެޗުންނެވެ. ހުކުރު ދުވަހުގެރޭ ކުޅޭ އެހެން މެޗުތަކުގެ ތެރޭގައި ސްޓެލްކޯ ކްލަބާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ މެޗު ހިމެނެއެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅޭ މެޗުތަކުގެ ތެރޭގައި ފެން ކްލަބާއި ޓީމް އެފްއެސްއެމް ވާދަކުރާ މެޗު ހިމެނެއެވެ.