Advertisement
ކ. މާލެ
|
1 އޯގަސްޓް 2023 | އަންގާރަ 10:15
މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ
މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ
ރާއްޖެއެމްވީ
ރައީސް ށ ނަރުދޫ ޖަލްސާ
ރައީސް ސާލިޙަކީ އަމަލާއި ބަހުންވެސް ނަތީޖާ ނެރުއްވައިދެއްވާ ރައީސެއް: މެންބަރު ރިޒާ
ރައީސް ސާލިޙަށް ދެވަނަ ދައުރެއް ޙައްޤު
ރާއްޖޭގެ ތާރީޚުގައިވެސް ރައީސްކަމުގެ މަޤާމުގައި ހުންނަވައި ރައީސަކު ނަރުދޫއަށް ވަޑައިގެންފައިނުވޭ
ރައީސަކީ ކެތްތެރިކަމާއެކު ޤައުމަށްޓަކައި ހަރުދަނާ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙަކީ އަމަލާއި ބަހުންވެސް ނަތީޖާ ނެރުއްވައިދެއްވާ ރައީސެއްކަމަށް މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ހެނދުނު ނަރުދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ރިޒާ ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައިވެސް ރައީސްކަމުގެ މަޤާމުގައި ހުންނަވައި ރައީސަކު ނަރުދޫއަށް ވަޑައިގެންފައިނުވާ ކަމަށެވެ.

ރިޒާ ވިދާޅުވީ، ނަރުދޫ ރައްޔިތުންގެ އާދޭހުގެ ވާހަކަތައް ރައީސަށް ދަންނަވާފައިވާނެ ކަމަށާއި، ރައީސް ވިދާޅުވި ގޮތަށް ރާއްޖޭގެ އެންމެ ފުރަތަމަ ޙަވާލު ކުރެވުނު ނަރުދަމާގެ މަސައްކަތްތަކުގެ ތެރޭގައި ނަރުދޫގެ މަސައްކަތް ހިމެނޭ ކަމަށެވެ.

Advertisement

ކޮންޓްރެކްޓަރުގެ ސަބަބުން އެ މައްސަލަ ލަސްވެގެން ދިޔަ ނަމަވެސް، ރައީސް ސާލިޙު ނަރުދޫއަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވައިދެއްވާނެކަމަށް ރިޒާ ވިދާޅުވިއެވެ. އެކަން ރައީސް ދައްކުވައިދެއްވަމުން ގެންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސަކީ އަމަލާއި ބަހުންވެސް ނަތީޖާ ނެރުއްވައިދެއްވާ ރައީސެއްކަން ރިޒާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ރައީސަކީ އަމަލާއި ބަހުންވެސް ނަތީޖާ ނެރުއްވައިދެއްވާ ރައީސެއް
މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ

އޭގެ އިތުރުން، ރައީސަކީ ކެތްތެރިކަމާއެކު ޤައުމަށްޓަކައި ހަރުދަނާ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއްކަމަށްވެސް ރިޒާ ވިދާޅުވިއެވެ.

ރިޒާ އިތުރަށް ވިދާޅުވީ، ކޮވިޑުގެ ބަލި ޙާލަތުގައިވެސް ރައީސް އެ ރަށް އިސް ކުރައްވައި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށާއި، އެ މަންޒަރު ރައްޔިތުންނަށްވެސް އެ ދުވަހު ފެނިފައިވާ ކަމަށެވެ. އެގޮތުން ކޮވިޑުގައި ރައްޔިތުން އުފުލި ތަކުލީފުތަކަށް ތަސައްލީ ހޯއްދަވައިދެއްވުމަށް ރައީސް އެޅުއްވި ފިޔަވަޅުތައް ރިޒާ ފާހަގަކުރެއްވިއެވެ.

މެންބަރު ރިޒާ އިތުރަށް ވިދާޅުވީ، އެ ސަބަބުތަކާހުރެ، ރައީސް ސާލިޙަށް ދެވަނަ ދައުރެއް ޙައްޤު ކަމަށެވެ.

މި ޖަލްސާގައި ވަނީ ނަރުދޫ ކައުންސިލުގެ ރައީސާއި ނައިބްރައީސް އަދި ކައުންސިލު 2 މެންބަަރަކާއި، ކުރީގެ ކައުންސިލަރު އަދި ޕީޕީއެމްގެ އެކްޓިވިސްޓު ހުސައިން ސިރާޖާއި، ޑަބްލިއުޑީސީގެ މެންބަރެއް އެމްޑީޕީއަށް ސޮއިކުރައްވާފައިވާ ފޯމު ރައީސް ސާލިޙަށް ޙަވާލުކޮށްދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް