ކ. މާލެ
|
1 އޯގަސްޓް 2023 | އަންގާރަ 07:46
މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ
މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ
އެމްޑީޕީ
މިލަންދޫ ކެމްޕެއިން ޖަލްސާ
ރައްޔިތުންނަށް އަމާންކަމާއި އުފަލާއެކު އުޅެވޭނެ މާހައުލެއް ހޯދައިދެއްވީ ރައީސް ޞާލިހު: ރިޒާ
ރަށުގެ ކަރަންޓުގެ ހާލަތު މިސަރުކާރުން ރަނގަޅުކޮށްދީފައިވާކަމަށާއި ޒަމާނީ ފެންވަރުގެ އައު އޮފީހެއް އަޅާފައިވާކަމަށް ވިދާޅުވި
ޒަމާނީ ފެންވަރުގެ މިސްކިތެއް އެޅިގެންދާނެކަމަށާއި ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކުރެވި އެކަންވެސް ކުރެވިގެންދާކަމަށް ވިދާޅުވި

ރައްޔިތުންނަށް އަމާންކަމާއި އުފަލާއެކު އުޅެވޭނެ މާހައުލެއް ހޯދައިދެއްވި ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކަމަށާއި އެހެންކަމުން ރައީސަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށް މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވެއްޖެއެވެ.

ރައީސް މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މިލަންދޫގައި ހޯމަ ދުވަހުގެ ރޭ ބޭއްވި އުފާވެރި އަމާން ރާއްޖެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޒާ ވިދާޅުވީ ރައްޔިތުން އެދި ތިބީ އަމާން ވެރިކަމަކަށް ކަމަށެވެ. އެވެރިކަން ރައްޔިތުންނާ ހަމައަށް ގެނެސްދެއްވި ރައީސަކީ ރައީސް ޞާލިހުކަމަށް ރިޒާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވީ ކޮވިޑްގެ އާލަމީ ވަބާގައި ގައުމުތަކަށް ވެގެންދިޔަގޮތް އެންމެންނަށްވެސް އެނގޭކަމަށާއި ކޮވިޑާއެކުވެސް ރައްޔިތުން މިއަދުވެސް ތިބީ ހިތްފަސޭހަ ދިރިއުޅުމެއްގައި ކަމަށް އަދި އެހެން އެކަންވީ ހަމަ ތިބެފައިނޫންކަމަށެވެ.

ހަމައެކަނި މިސަބަބަށް އެކަނި ވިސްނާލިއަސް ދެ ވަނަ ދައުރެއްގެ ފުރުސަތު ރައީސަށް ދިނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް. ހަމައެކަނި މިސަބަބަށްޓަކައިވެސް އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިދާއިރާއިން ސާފު އަގްލަބިއްޔަތަކުން ބޮޑުކޮށް ހޯދައިދިނުމަށް ކުރެވެން ހުރިހާ ކަމެއްކުރާނަން އެންމެ ފަހު ސިކުންތަށް ދާންދެން. އަދި ޔަގީން މިކަށިކެޔޮގަނޑު ރޫޅާއެއް ނުލެވޭނެ. ކަށިގެޔޮކަނޑަށް އިތުރު ވައްތަށް ލުމަށް ތެރަސް ލައިގެން ތަތްކުރަމުންމިދަނީ އަޅުގަނޑުމެން.
އަލީ ރިޒާ/ މިލަންދޫ ދާއިރާގެ މެންބަރު

ރިޒާ ވިދާޅުވީ މިލަންދޫ އާއި މިލަންދޫ ދާއިރާގެ ސާފު އަގްލަބިއްޔަތަށް ރައީސް ޞާލިހަށް އެބައޮތްކަމަށާއި އެކަން ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ވޯޓުން ދައްކާނެކަމަށެވެ.

މީގެއިތުރުން މިލަންދޫ އަށް ސަރުކާރުން ކޮށްދެމުންދާ ކަންތައްތަކަށްވެސް ރިޒާގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން ރަށުގެ ކަރަންޓުގެ ހާލަތު މިސަރުކާރުން ރަނގަޅުކޮށްދީފައިވާކަމަށާއި ޒަމާނީ ފެންވަރުގެ އައު އޮފީހެއް އަޅާފައިވާކަމަށް ވިދާޅުވިއެވެ. އަދި އެންމެ ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އެޅިއްޖެކަމަށާއި ރަށް ހިމާޔަތްކުރުމުގެ މަޝްރޫޢު ބާރު މިނުގައި ކުރިޔަށްދާކަމަށް ވިދާޅުވިއެވެ. މީގެއިތުރުން 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްކުރިޔަށްދާކަމަށާއި އިންޑޯ ޖިމެއް ގާއިމުކުރެވިއްޖެކަމަށް ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އެޅިގެންދާނެކަމަށާއި ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކުރެވި އެކަންވެސް ކުރެވިގެންދާކަމަށް ވެސް ެރިޒާ ވިދާޅުވިއެވެ.

- ކޮމެންޓް