Advertisement
ކ. މާލެ
|
31 ޖުލައި 2023 | ހޯމަ 07:23
ފުވައްމުލަކުގައި އިސްކޮށް އުޅުނު ޕީޕީއެމްގެ ބައެއް މެންބަރުން އެމްޑީޕީ އަށް ސޮއިކުރި ފޯމް ރައީސަށް އަރުއްވަނީ
ފުވައްމުލަކުގައި އިސްކޮށް އުޅުނު ޕީޕީއެމްގެ ބައެއް މެންބަރުން އެމްޑީޕީ އަށް ސޮއިކުރި ފޯމް ރައީސަށް އަރުއްވަނީ
އުފާވެރި އަމާންރާއްޖެ
ފުވައްމުލަކުގައި އިސްކޮށް އުޅުނު ޕީޕީއެމްގެ ބައެއް މެންބަރުން އެމްޑީޕީ އަށް
އެ ހަތަރު މެންބަރުން ރަށު ފެންވަރުގައި ހަރުދަނާ މަސައްކަތްތަކެއް ކޮށްދެމުންދޭ

ފުވައްމުލަކުގައި އިސްކޮށްއުޅުނު ޕީޕީއެމްގެ ހަތަރު މެންބަރުން އެމްޑީޕީއާ ގުޅިއްޖެ އެވެ.

އެ ހަތަރު މެންބަރުން އެމްޑީޕީއާ ގުޅުނުކަން ހާމަކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭ ފުވައްމުލަކުގައި ބޭއްވި އެމްޑީޕީގެ އުފާވެރި އަމާންރާއްޖެ ކެމްޕެއިން ޖަލްސާގައެވެ.

އަދި މި ޖަލްސާގައި އެ މެންބަރުން އެމްޑީޕީ ސޮއިކޮށްފައިވާ ފޯމްތައް ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހަށް ވަނީ އަރުއްވާފައެވެ.

Advertisement

އެ ޖަލްސާގައި ބުނީ އެ ހަތަރު މެންބަރުންނަކީ ރަށު ފެންވަރުގައި ހަރުދަނާ މަސައްކަތްތަކެއް ކޮށްދެމުންދާ އަބްދުﷲ މުހައްމަދު (ބޮށިމާގޭ އަބްދުﷲ) އާއި އަހުމަދު އަލީ މުހައްމަދު (ކަނޑީގޭ އަހަންމާ) އާއި މުހައްމަދު މޫސާ (ފުނާޑިގޭ މުހައްމަދު މޫސާ) އާއި ޙަދީޖާ މުހައްމަދު (ކައްރާ) ކަމަށެވެ.

މީގެ އިތުރުން އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެ ޖަލްސާގައި ލަވަކިޔުންތެރިޔާ އަދި ބަތަލާ މަރިޔަމް އަޝްފާ އާއި ލަވަކިޔުންތެރިޔާ އަބްދުލް ސަމީއުގެ ޚާއްސަ ކެމްޕެއިން ލަވައެއް ވަނީ ހުށަހަޅާ ދީފަ އެވެ. އަދި ދެ ފަންނާނުން ވެސް ވަނީ ކުރިއަށް އޮތް އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް