ކ. މާލެ
|
30 ޖުލައި 2023 | އާދީއްތަ 20:15
މައުރޯ އިކާޑީ
މައުރޯ އިކާޑީ
ގޫގުލް
މައުރޯ އިކާޑީ
އިކާޑީ ގަލަތަސަރާއީ އަށް ސޮއިކޮށްފި
އިކާޑީ މިދިޔަ ސީޒަންވެސް ލޯނު އެއްބަސްވުމެއްގެ ދަށުން ހޭދަކުރީ ގަލަތަސަރާއީ އާ އެކު

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ފޯވާޑް މައުރޯ އިކާޑީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ގަލަތަސަރާއީއަށް ސޮއިކޮށްފިއެވެ.

ގަލަތަސަރާއީ އިން ބުނީ ހަތަރު ސީޒަނުގައި ޕީއެސްޖީއަށް 10 މިލިއަން ޔޫރޯގެ ފީއެއް ދައްކާނެކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން އިކާޑީއަށް ސީޒަނަކު ހަ މިލިއަން ޔޫރޯ ލިބޭނެއެވެ. އިކާޑީ ސޮއިކުރިކަން ޓީމުން ރަސްމީކޮށް އިއުލާނުކުރީ އާދިއްތަ ދުވަހުއެވެ.

އިކާޑީ މިދިޔަ ސީޒަންވެސް ލޯނު އެއްބަސްވުމެއްގެ ދަށުން ހޭދަކުރީ ގަލަތަސަރާއީ އާ އެކުއެވެ. އެ ޓީމަށް ކުޅެދިން 24 މެޗުން އޭނާ ވަނީ 22 ލަނޑު ޖަހާ، ހަތް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މީގެއިތުރުން އިކާޑީ ވަނީ އެ ޓީމަށް ރެކޯޑު އަދަދެއް ކަމަށްވާ 23 ވަނަ ފަހަރަށް ލީގު ތަށި ހޯދަދިނުމަށް އެހީތެރިވެދީފައެވެ. އެއީ 2018-2019 ވަނަ ސީޒަނަށްފަހު އެ ޓީމަށް ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

ކްރިސްޓަލް ޕެލެސްގެ އެއްބަސްވުން ހަމަވުމުން، ވިލްފްރެޑް ޒަހާ ވެސް ވަނީ ގަލަތަސަރާއީ އަށް ސޮއިކޮށްފައެވެ.

- ކޮމެންޓް