ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ފުވައްމުލަކު ސިޓީއަށް މިއަދު ކުރައްވަން އޮތް ދަތުރުފުޅު ފަސްކުރައްވައިފިއެވެ.
ރައީސް ފުވައްމުލަކަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތީ މިއަދުގެ ހަވީރަށެވެ. އެހެންނަމަވެސް މިހާރު ދަތުރުފުޅު ފަސް ކުރެއްވުމާއި ގުޅިގެން ރައީސް ފުވައްމުލަކަށް ވަޑައިގަންނަވާނީ މާދަމާގެ ހެނދުނުގެ ވަގުތެއްގައެވެ. ރައީސް ދަތުރުފުޅު ފަސްކުރެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.
ރައީސް ފުވައްމުލަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައެވެ. އަދި ދެ ޖަގަހައެއް ރައީސް ހުޅުއްވައިދެއްވާއިރު ފުވައްމުލަކު ސްކޫލުގެ މަލްޓިޕާޕަސް ހޯލު ވެސް ހުޅުއްވައިދެއްވާނެއެވެ.
ރައީސް ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ރައީސަށް މަރުހަބާ ދެންނެވުމަށްޓަކައި އެއަރޕޯޓުގައި ވަނީ ދިދަ ޖަހާ ޒީނަތްތެރިކޮށްފައެވެ.