ކ. މާލެ
|
28 ޖުލައި 2023 | ހުކުރު 18:34
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ޔޫސުފް ސޮފްވާން ރަޝީދު
ހޮޑުލުމާއި ބޭރަށް ހިންގުން
ހޮޑުލުމާއި ބޭރަށް ހިންގާތީ ދޭ ބޭސްތައް ހުސްވެފައިވާ ކަމަށް ދެކެވޭ ވާހަކަ ހެލްތް މިނިސްޓްރީން ދޮގުކޮށްފި
 
އޯއާރްއެސް ލޮނު ޕެކެޓު ވެސް ހުސްނުވެ އެބަހުރި
 
ބޭސް ހުސްވި ބޭސްފިހާރަތަކަށް ދަނީ ބޭސް ފޯރުކޮށްދެމުން

މާލޭގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެފާއިވާއިރު، ބޭސް ހުސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ހެލްތް މިނިސްޓްރީން ދޮގުކޮށްފިއެވެ.

ރާއްޖެއެމްވީއަށް ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ޝަތުފާ ޝަފީއު ވިދާޅުވީ ރާއްޖޭގެ އެއްވެސް ހިސާބަކުން އެއްވެސް ކަހަލަ ބޭހެއް ހުސްވެފައި ނުވާ ކަމަށެވެ. އަދި އޯއާރްއެސް ލޮނު ޕެކެޓު ވެސް ހުސްނުވެ އެބަހުރި ކަމަށާއި، އެސްޓީއޯގައި ސްޓޮކް އެބަހުރި ކަމަށެވެ. ބޭސް ހުސްވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ދޮގެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަތުފާ ވިދާޅުވީ ކުއްލިއަކަށް ބަލި ގިނަވުމާއި ގުޅިގެން ވިލިމާލެ ބައެއް ފިހާރަތަކުން ބޭސް ހުސްވި ކަމަށެވެ. ނަމަވެސް އެ ފިހާތަކަށް ވެސް ބޭސް ފޯރުކޮށްދީފައިވާ ކަމަށް ޝަތުފާ ވިދާޅުވިއެވެ.

ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެފާއިވާއިރު، ބުރާސްފަތި ދުވަހުގެ ރެއިން ހުކުރު ދުވަހުގެ މެންދުރުފަހަށް 200 އަށް ވުރެ ގިނަ މީހުން މި ބަލީގައި ޑޮކްޓަރަށް ދައްކާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މާލޭގެ އެންމެ ބޮޑު ދެ ހޮސްޕިޓަލު ކަމަށްވާ އައިޖީއެމްއެޗް އަދި އޭޑީކޭ އިން ވެސް ވަނީ އެ ހޮސްޕިޓަލުތަކުގެ އީއާރުއަށް ހޮޑުލުމުގެ ގިނަ ކޭސްތަކެއް ލިބެމުން އަންނަކަމަށް ބުނެފައެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި ހޮޑުލާ ކުޑަކުދިންގެ ގިނަވެ އައިޖީއެމްއެޗްގެ އީއާރު އޮތީ ފުރިފައެވެ. އެހެންކަމުން މިކަމަށް ސަލާވުމަށާއި ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް އޭނާ ހިއްސާ ކުރެއްވިއެވެ. އެގޮތުން، ކެއުމުގެ ކުރިން އަތްދޮވުމާއި އަވަސް އަވަހަށް އަތް ދޮވުމާއި ހޮޑަށް ބޭސް ދިނުމާއި ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް އޭނާ އިރުޝާދު ދެއްވިއެވެ. ޑރ. ފައިސަލް ވިދާޅުވި ގޮތުގައި މާބޮޑަށް ވަރުދެރަވެ، އަށްގަޑިއިރު ވަންދެން ކުޑަކަމު ނުދާނަމަ އައިވީ ދޭން ޖެހޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރެއިން ފެށިގެން ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް މާލޭގައި އިތުރުވަމުން އަންނަކަން ފާހަގަކުރެވައިފާ ކަމަށެވެ. އޭގެ ސަބަބު ދެނެގަތުމަށް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް