ކ. މާލެ
|
28 ޖުލައި 2023 | ހުކުރު 17:40
ހެންޑަސަން އާއި ޖެރާޑް
ހެންޑަސަން އާއި ޖެރާޑް
ޓްވިޓަރ
ޖޯޑަން ހެންޑަސަން
ހެންޑަސަން، ސައުދީގެ އަލް އިއްތިފާގަށް ސޮއިކޮށްފި
އޭނާ ވަނީ ލިވަޕޫލްއާއެކު ހަތް ތަށި ކާމިޔާބުކޮށްފަ
ހެންޑަސަންގެ އެއްބަސްވުން ހަމަވާނީ 2026 ވަނަ އަހަރު

ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ސައުދީ ޕްރޯ ލީގުގެ ކުލަބު އަލް އިއްތިފާގާ ގުޅިއްޖެއެވެ.

އުމުރުން 33 އަހަރުގެ އިންގްލެންޑް މިޑްފީލްޑަރު ވަނީ 12 މިލިއަން ޕައުންޑުގެ އެއްބަސްވުމެއް ހަދާފައެވެ. އޭނާގެ އެއްބަސްވުން ހަމަވާނީ 2026 ވަނަ އަހަރުއެވެ. އެ ޓީމުގެ ކޯޗަކީ ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑެވެ. 2015 ވަނަ އަހަރު ޖެރާޑް ލިވަޕޫލް ދޫކޮށްލުމުގެ ކުރިން މި ދެ ކުޅުންތެރިން ވަނީ އެކުގައި ކުޅެފައެވެ.

ހެންޑަސަން ސަންޑަލޭންޑުން ލިވަޕޫލް އާ ގުޅުނީ 2011 ވަނަ އަހަރު 20 މިލިއަން ޕައުންޑަށެވެ. އޭނާ ވަނީ ލިވަޕޫލް އަށް 492 މެޗު ކުޅެދީ، 33 ލަނޑު ޖަހާ، 57 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ލިވަޕޫލްއާއެކު ހަތް ތަށި ކާމިޔާބުކޮށްފައެވެ.

ލިވަޕޫލްގެ ކެޕްޓަންކަމާ ހެންޑަސަން ހަވާލުވީ 2015 ވަނަ އަހަރުއެވެ. ލިވަޕޫލްއާއެކު އޭނާ ކާމިޔާބުކުރި މުބާރާތްތަކުގެ ތެރޭގައި 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި ޕްރިމިއަރ ލީގު އަދި ޖެހިގެން އައި އަހަރުގެ ކުލަބު ވޯލްޑް ކަޕާއި ސުޕަ ކަޕް ފާހަގަ ކޮށްލެވެއެވެ.

ސައުދީގެ އަލް އިއްތިހާދުން ވަނީ ލިވަޕޫލްގެ ފެބީނިއޯ ހޯދުމަށް 40 މިލިއަން ޕައުންޑުގެ ހުށަހެޅުމެއް ހުށަހަޅާފައެވެ.

- ކޮމެންޓް