ކ. މާލެ
|
27 ޖުލައި 2023 | ބުރާސްފަތި 16:13
މިނިވަން އުފާ ކާނިވަލުގެ މަސައްކަތްތައް ކުރިއަށްދަނީ
މިނިވަން އުފާ ކާނިވަލުގެ މަސައްކަތްތައް ކުރިއަށްދަނީ
އަރބަންކޯ
މިނިވަން އުފާ ކާނިވަލް 2023
މިނިވަން އުފާ ކާނިވަލުގައި އާންމުނަށް ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ: އާބަންކޯ
3 އޮގަސްޓްގެ ނިޔަލަށް މި ކާނިވަލް ކުރިއަށް ގެންދާނެ
ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ޚާއްސަ ފުޑް ސްޓްރީޓް، އަދި ފްލޯޓްތައް ދައްކާލުން ހިމެނޭ
ބޭރުގެ ހުނަރުވެރިންނާއެކު ސަރކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން އޮންނާނެ

މިނިވަން އުފާ ކާނިވަލުގައި އާންމުނަށް ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނީ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ހޯމް އެފެއަރޒާ ގުޅިގެން ކުލަގަދަ ކާނިވާ ބޭއްވުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. 28 ޖުލައިން 3 އޮގަސްޓް 2023ށް ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ކާނިވަލުގައި އާންމުނަށް ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

އެގޮތުން، ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ޚާއްސަ ފުޑް ސްޓްރީޓް، ފްލޯޓްތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާއެކު ސަރކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން ހިމެނެއެވެ. އަދި ދިރާގުގެ ފަރާތުން ޑްރޯން ޝޯއާއި ލޭޒަރ ޓެގްގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

މީގެ އިތުރުން އާބަންކޯއިން ބުނީ މިނިވަން އުފާ ކާނިވަލްގެ ހަރަކާތްތައް އިންތިޒާމްކުރެވިފައި ވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެން ކަމަށެވެ. އަދި މުޅި ޕާކު ކާނިވަލެއް ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރިކޮށްފައި ވާއިރު، ހިތްފަސޭހަ މާހައުލެއްގައި އާއިލާއާއި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކޮށްލުމަށް ޚާއްސަ ޒޯނެއްވެސް ޕާކުގައި ހުންނާނެކަމަށް އާބަންކޯއިން ބުނެއެވެ.

ވަނުން މުޅިން ހިލޭ މި ކާނިވަލްގައި، ޒިޔާރަތްކުރާ މީހުންގެ މެދުގައި ވަރަށް ޚާއްސަ ގުރުއަތެއް ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ކިއުއާރް ކޯޑެއް މެދުވެރިކޮށް ރަޖިސްޓަރީ ކޮށްލުމުން މި ގުރުއަތުގައި ބަައިވެރިވެގެން، އުރީދޫގެ ހެޔޮ އެދުންތަކާއެކު އިންޑޮނީޝިއާގެ ބާލީއަށް 7 ރޭ، އެކޮމޮޑޭޝަން އަދި ޓްރާންސްޕޯޓާއެކު ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.  

ރާއްޖެ މިނިވަންވިތާ 58 އަހަރު ފުރުމުގެ ގޮތުން، މިއަހަރު ގިނަ ހަރަކާތްތަކެއް ރޭވިގެން ކުރިއަށް ދާއިރު، މިނިވަން އުފާ ކާނިވަލް 2023 ވެގެންދާނީ، މުޅިން ތަފާތު، މަޖާ އަދި ހިތްފަސޭހަ މާހައުލެއްގައި އާއިލާއާއި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކޮށްލަން ކޮންމެހެންވެސް ޒިޔާރަތް ކުރަން ޖެހޭ ތަނަކަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް