Advertisement
ކ. މާލެ
|
29 ޖުލައި 2023 | ހޮނިހިރު 16:12
މިނިވަން އުފާ ކާނިވާ
މިނިވަން އުފާ ކާނިވާ
އަރބަންކޯ
މިނިވަން އުފާ ކާނިވާ
ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ކާނިވަލަށް ޒިޔާރަތް ނުކުރުމަށް އިލްތިމާސްކޮށްފި
ބައިބޯ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ވެސް އިލްތިމާސްކުރޭ
މާލޭ ސަރަހައްދުގައި ފެތުރެނީ ނޯރޯ ވައިރަހުގެ ރޯގާއެއް

މާލޭ ސަރަހައްދުގައި ހަލުވިކަމާއެކު މިހާރު ފެތުރެމުން އަންނަ ހޮޑުލުމާއި ބޭރަށް ހިންގުމުގެ އެއްވެސް އަލާމާތެއް ހުރިނަމަ، މިރޭ ފަށާ މިނިވަން އުފާ ކާނިވަލަށް ޒިޔާރަތް ނުކުރުމަށް އަރބަންކޯއިން އިލްތިމާސްކޮށްފިއެވެ.

މިރޭ މިނިވަން އުފާ ކާނިވާ ހުޅުވާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ކާނިވާ ރޭ ބާއްވަން ނިންމިނަމަވެސް، މާލޭ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ބަލި ފެތުރޭތީއާއި އޭގެ ސަބަބު ދެނެގަނެވިފައި ނުވާތީ، ކާނިވާ ހުޅުވުން ފަސްކުރިއެވެ. ކާނިވާ ހުޅުވުން ފަސްކޮށްފައިވަނީ މިރެއަށެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި މާލޭ ސަރަހައްދުގައި ފެތުރެމުންދަނީ ނޯރޯވައިރަސްގެ ރޯގާއެކެވެ. އީ ހަލުއިކަމާއެކު ފެތުރޭ ވައިރަހެއް ކަމަށާއި، ޚާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ވައިރަސް ފެތުރޭކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. އެހެންކަމުން ބައިބޯ ތަންތަނަށް ނުދިއުމަށް އެ އިދާރާއިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ،

Advertisement

މި ބަލިމަޑުކަމާ ގުޅިގެން، މިރޭ ފަށާ ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންކަން އަރބަންކޯއިން ވަނީ އާއްމުކޮށްފައެވެ. އެގޮތުން ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ކާނިވަލަށް ޒިޔާރަތްނުކުރުމާއި ކާނިވަލުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގިނަގިނައިން އަތްދޮވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މިރެއިން ފެށިގެން ހަ ދުވަހުގެ މުއްދަތަކަށް ކާނިވާ ކުރިއަށްދާނެއެވެ. މި ހަ ދުވަހު ވެސް ބަލީގެ އަލާމާތެއް ހުރިނަމަ ޒިޔާރަތް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި، ނޯރޯ ވައިރަހުގެ އަލާމާތްތަކުގެ ތެރޭގައި؛ ހޮޑުލުމާއި ބޭރަށް ހިންގުމުގެ އިތުރުން ބަނޑުގައި ރިއްސުމާއި މޭނުބައިކުރުން ވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް