ކ. މާލެ
|
25 ޖުލައި 2023 | އަންގާރަ 14:40
ޑެސްޓިނޭޝަން ޕާޓްނަރަކަށް ހަމަޖެއްސި ވިޒިޓް މޯލްޑިވްސް
ޑެސްޓިނޭޝަން ޕާޓްނަރަކަށް ހަމަޖެއްސި ވިޒިޓް މޯލްޑިވްސް
ވިޒިޓް މޯލްޑިވްސް ޕްރޯ 2023
ވިޒިޓް މޯލްޑިވްސް ޕްރޯގެ ސްޕޮންސަރުން ހާމަކޮށްފި
 
ތައްޔިބު މުޙައްމަދު ވިދާޅުވީ، މިއަހަރުގެ މުބާރާތުގައި ވެސް އެ ކުންފިނިން އެހީތެރިކަން ފޯރުކޮށްދޭން ނިންމި މައިގަނޑު ސަބަބަކީ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުވުންކަމަށް

އަންނަ މަހު ރާއްޖޭގައި ފަށާ ވިޒިޓް މޯލްޑިވްސް ޕްރޯ 2023 ގެ ސްޕޮންސަރުން ހާމަކޮށްފި އެވެ.

މިއަހަރުގެ މުބާރާތުގެ ވެސް ޑެސްޓިނޭޝަން ޕާޓްނަރަކީ ވިޒިޓް މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރަކީ މިނިސްޓްރީ އޮފް ޓުވަރިޒަމް އެވެ. މީގެ އިތުރުން ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޕްރިންޓްލެބް، އަދަދު، ދިރާގު، އޮފިޝަލް އިވެންޓްސް، ބުރުޒު ކޭޓަރިން، އައިލެންޑް އެޕަރެލްސް، މުއާޖްސް އާޓް ބޮކްސް، އައިސް ނެޓްވޯކް، މޫކައި ހޮޓެލް، ޑީޓެކް، ޓީއެފްޖީ، ސްޓެލްކޯ މާލޭ ސިޓީ ކައުންސިލް، އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޮލިސް ސާވިސް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުޙައްމަދު ވިދާޅުވީ، މިއަހަރުގެ މުބާރާތުގައި ވެސް އެ ކުންފިނިން އެހީތެރިކަން ފޯރުކޮށްދޭން ނިންމި މައިގަނޑު ސަބަބަކީ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުވުން ކަމަށެވެ. އަދި އެ މުބާރާތުގެ ތެރެއިން އެމްއެމްޕީއާރުސީން ބޭނުންވާ ކަންކަން ހާސިލްކުރެވުނު ކަމަށް ވެސް ތައްޔިބު ވިދާޅުވި އެވެ. އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އޮންނަ ކުންފުންޏެއްގެ ހައިސިއްޔަތުން، މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކަށް ވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޚާއްސަކޮށް ބޮޑީބޯޑިން އަކީ ރާއްޖޭގެ ފަތުރުވެރިކާ ގުޅިފައިވާ ކުޅިވަރެއް ކަމަށް ތައްޔިބު ވަނީ ފާހަގަކުރައްވައިފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑީބޯޑިން ނުވަތަ ސާފިން އަށް އެންމެ ރަނގަޅު މަންޒިލުގެ ގޮތުގައި ރާއްޖެ ސިފަވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިސާލަކަށް ރާއްޖެ އަށް މިފަދަ ވޯޓާ ސްޕޯޓްސްގެ ތެރެއިން، ބޮޑީބޯޑިން ޚާއްސަކޮށް، ކުޅިވަރަކީ އެޔާ ގުޅިގެން ވަރަށް ބޮޑަށް ފަތުރުވެރިކަމާ ގުޅުން ހުރި ކުޅިވަރެއް. މި އިންޑަސްޓްރީގައި އިޤްތިސާދީ ވަރަށް ގިނަ މަސައްކަތް ކުރެވޭ، ފައިދާތަކެއް ވެސް ލިބޭ. މިސާލަކަށް ބޮޑީބޯޑިން އަށް ނުވަތަ ސާފިން އަށް ވަރަށް ގިނަ މީހުން ރާއްޖެ އާދޭ. ފަހަކަށް އައިސް ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރުވެގެން އެބަދޭ، ބޮޑީބޯޑިން އަށް ވެސް އަދި ސާފިން އަށް ވެސް.
ތައްޔިބު މުޙައްމަދު / އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު

އެހެންކަމުން ވިޒިޓް މޯލްޑިވްސް އަކީ އެމްއެމްޕީއާރުސީން ބޭނުންވާ ކަންކަން ހާސިލް ކުރުމަށް އެންމެ ރަނގަޅު އެއް އިވެންޓުގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. ޚާއްސަކޮށް ދުނިޔޭގެ އެކިއެކި މީޑިއާތަކުގައި މިދިޔަ އަހަރުގެ މުބާރާތަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބުނު ކަމަށް ތައްޔިބު ފާހަގަކުރެއްވި އެވެ. އަނެއްކޮޅުން ސަރުކާރުން ކުޅިވަރަށް އެހީތެރިވަމުން އަންނައިރު، އެކަމުގައި އެ ކުންފުނިން ވެސް ބައިވެރިވާން ބޭނުންވުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އޮތް މުބާރާތުގައި ދިވެހި އެތުލީޓުން ވަނީ ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ދާނީ އަންނަ އޯގަސްޓު މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހާ ހަމައަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް