އައްޑޫ ސިޓީ
|
25 ޖުލައި 2023 | އަންގާރަ 10:27
އެމްޑީޕީ މަރަދޫ ޖަގަހަ ހުޅުވުން
އެމްޑީޕީ މަރަދޫ ޖަގަހަ ހުޅުވުން
ފޭސްބުކް/ އިބްރާހިމް ނަދީމް
އެމްޑީޕީ މަރަދޫ ކެމްޕެއިން އޮފީސް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މަރަދޫ ކެމްޕެއިން އޮފީސް ހުޅުވައިފި
މަރަދޫ ދާއިރާގެ އޮފީހުން ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށްދާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ މަރަދޫ ދާއިރާގެ ކެމްޕެއިން އޮފީސް ހުޅުވައިފި އެވެ.

މިއޮފީސް ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި ރިޔާސީ ކެމްޕެއިންގެ އައްޑޫ ކޯޑިނޭޓަރު މުހައްމަދު އަސްލަމްއެވެ. އޮފީސް ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ، އެމްޑީޕީއަކީ ކުރިންވެސް މިރާއްޖެއަށް ބަދަލު ގެނެސްދިން ޕާޓީ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް މިބަދަލު ގެނެސްދޭނެ ޕާޓީ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް އެމްޑީޕީ އުފެދިގެން އައީ އައްޑޫގެ ލެޔާއި ރޫހުން ކަމަށާއި ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ކަމުގައިވީ ނަމަވެސް އެމްޑީޕީއެއް ރޫޅައެއް ނުލެވޭނެ ކަމަށެވެ.

އެމްޑީޕީ އަކީ ތަރައްޤީގެ ވަރަށް ވަރުގަދަ ރަމްޒެއް، އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން އެންމެ ފުރަތަމަ ނުކުތީ އަނެއް ދިވެހިރާއްޖެ ހޯދުމަށް، ދެން ނުކުތީ ޖަޒީރާ ރާއްޖެ ހޯދުމަށް، އެއަށްފަހު މިއަދު މި ނުކުންނަނީ އުފާވެރި އަމާން ރާއްޖެއަށް ހޯދައި ދިނުމަށް، ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދިނުމަށް، ވިސްނުމާއި ހަމަޖެހުން އަޅުގަނޑުމެންގެ ތެރޭގައި ޤާއިމްވާން ޖެހޭނެ. އިޤްތިޞާދީ ފުދުންތެރި ބަޔަކަށް ވާން އެބަޖެހޭ.
މެންބަރު މުހައްމަދު އަސްލަމް

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ މިއަދު އަނެއްކާވެސް އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް އުފާވެރި ދިވެހިރާއްޖެއަށް ހޯދައިދިނުމަށް ކަމަށާއި އިރާކުރެއްވިއްޔާ ރައީސް ސާލިޙު މި އިންތިޚާބު އެއްބުރުން ކާމިޔާބުކުރައްވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ އައްޑޫސިޓީއަށް ތަރައްޤީ ގެނެސްދެއްވިި އަދި ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ބޮޑަށް އެތަރައްޤީ ފުޅާކޮށްދެއްވާނެ ވެރިއަކީ ރައީސް ސާލިޙު ކަމަށެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދަވާ ކަންތައްތައް ފުރިހަމައަށް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން 2023ގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓް ދީ ދެވަނަ ދައުރަކަށް އިންތިޚާބުކުރަން ޖެހޭ ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.

- ކޮމެންޓް