ކ. މާލެ
|
24 ޖުލައި 2023 | ހޯމަ 12:30
ތުޅާދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މެންބަރު ހިސާން ވާހަކަފުޅުދައްކަވަނީ
ތުޅާދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މެންބަރު ހިސާން ވާހަކަފުޅުދައްކަވަނީ
ރާއްޖެއެމްވީ
ތުޅާދޫއަށް ތަރައްގީ ގެނެސްދިނުން
ތުޅާދޫއަށް ދަނީ ތަރައްގީ ގެނެސްދެމުން، މި މަންޒަރުތައް ފަނޑުވުމަށް އެޅޭނެ އެއްވެސް ފިޔަވަޅަކަށް ފުރުސަތެއް ނުދޭނަން: މެންބަރު ހިސާން
މިއަދު ހިތްވަރާ އަޒުމުގައި މަސައްކަތް ކުރަމުންދަނީ ތުޅާދޫއަށް އަންނަ ބަދަލުތަކުގައި ކުލަޖެއްސުމަށް
ހޮސްޕިޓަލް އެޅިގެންދާއިރު އެއްފަރާތުން މިސްކިތް އެޅިގެންދާނެ
މި ސަރުކާރުން ފަށާ ހުރިހާ ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް ނިންމާނެ

މިސަރުކާރުން ބ.ތުޅާދޫއަށް ތަރައްގީ ގެނެސްދެމުންދާ ކަމަށާއި، މި މަންޒަރުތައް ފަނޑުވުމަށް އެޅޭނެ އެއްވެސް ފިޔަވަޅަކަށް ފުރުސަތެއް ނުދޭނެ ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ތުޅާދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހިސާން ވިދާޅުވީ މިއަދަކީ އުފާވެރި ދުވަހެއް ކަމަށާއި، ތުޅާދޫ ރައްޔިތުން ޒަމާނުއްސުރެ ކުރަމުން އައި އިންތިޒާރު ކުލަ ޖެހެން ފެށުނު ދުވަސް ކަމަށެވެ. އަދި ޒަމާނީ ފެންވަރަށް އެހެން ރަށްރަށަށް ބަރޯސާނުވެ ރަށުގައި ތިބެގެން ރަނގަޅު ފެންވަރުގެ ސިއްހީ ޚިދުމަތެއް ލިބުން އެއީ މިރަށުގެ ރައްޔިތުން ދިގު އިންތިޒާރެއް ކޮށްފައިވާ ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ.

ތުޅާދޫގައި ފަށާ މަޝްރޫއުތަކަށް އިޝާރަތް ކުރައްވައި ހިސާން ވިދާޅުވީ ތުޅާދޫއަށް އަންނަ ތަރައްގީއާއެކު ރައްޔިތުންނަށް ފަސޭހަކަމާއި ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ. މި ހަގީގަތް އެއްވެސް މީހަކަށް ނޯޅޭނެ ކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ މިއަދު ހިތްވަރާއި އަޒުމުގައި މަސައްކަތް ކުރަމުންދަނީ ތުޅާދޫއަށް އަންނަ ބަދަލުތަކުގައި ކުލަޖެއްސުމަށް ކަމަށާއި، މި މަންޒަރުތައް ފަނޑުވާން އެޅޭނެ އެއްވެސް ފިޔަވަޅެއް އެޅުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ އެ ރަށުގެ ތަރައްގީގެ ތަސައްވުރު މިރަށުގެ ލޭންޑް ޔޫސް ޕްލޭން ބަލާލުމުން ވެސް އެނގޭ ކަމަށާއި، އެ ސަރަހައްދުގައި ހޮސްޕިޓަލް އެޅިގެންދާއިރު އެއްފަރާތުން މިސްކިތް އެޅިގެންދާ ކަމަށެވެ. އަނެއްފަރާތުގައި އޮތީ އިތުރު 50 ހައުސިން ޔުނިޓަށް ބިންކަނޑައެޅިފައި ކަމަށް ހިސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ މިސަރުކާރުން ފަށާ ހުރިހާ ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް ނިންމާ ރައްޔިތުންނާ ހަވާލުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މިރަށުގެ ތަރައްގީގެ ތަސައްވުރު އަޅުގަނޑުމެން މިރަށުގެ ލޭންޑް ޔޫސް ޕްލޭން ބަލާލުމުން ވެސް އެބަ އެނގޭ. މިސަރަހައްދުގައި ހޮސްޕިޓަލް އެޅިގެންދާއިރު އެއްފަރާތުން މިސްކިތް އެޅިގެން އެދަނީ. އަނެއްފަރާތުގައި މިއޮތީ އަދި އިތުރު 50 ހައުސިން ޔުނިޓަށް ބިންކަނޑައެޅިފައި. އަޅުގަނޑުމެންނަށް ޔަގީން މިރަށުގެ ތަރައްގީ އައިސް އަޅުގަނޑުމެން ބޭނުންވާ މަންޒިލާހަމައަށް ވާސިލްވެވޭއިރު މިއަތޮޅު މިރަށާ ހަމަކުރެވޭނެ އެހެން އެއްވެސް ރަށެއް ނޯންނާނެ. އަދި އެއާއެކު އަޅުގަނޑުމެންނަށް އޮތް ޔަގީންކަމަކީ މިސަރުކާރުން ފައްޓަވާ ޕްރޮޖެކްޓްތަކަކީ ނިންމާ ދުވަހަށް ނިންމާ ޕްރޮޖެކްޓްތަކެއްކަން. އަދި އެއިތުބާރު އަޅުގަނޑުމެންނަށް ލިިބިގެންދަނީ އެމްޓީސީސީ މިމަސައްކަތް ކުރަމުން ގެންދާތީ. މިރަށުގެ ތަޖުރިބާގެ އަލީގައި އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތޭ އެމްޓީސީސީ މިކުރާ މަސައްކަތް އެންމެ ފުރިހަމައަށްކޮށް ކަނޑައެޅިފައިވާ އިންތިޒާމްގެ ތެރެއިން ނިންމާނެކަމުގެ
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން

ހިސާން ވިދާޅުވީ ތުޅާދޫއަކީ ޒަމާނުއްސުރެ އެ ރަށުގެ ތަރައްގީއަށް ރައްޔިތުން އެކުގައި އެއް ވިސްނުމެއްގައި ނުކުތް ރަށެއް ކަމަށާއި، ރަށުގެ ތަރައްގީއަށް ކުރެވުނު ކޮންމެ މަސައްކަތެއް ކުރުމަށް ރައްޔިތުން އެއްރޫހެއްގައި ނުކުމެ މަސައްކަތް ކުރާނެ ކަމަށެވެ. ހިސާން ވިދާޅުވީ މިރަށަށް މިއަންނަ ތަރައްގީއާއި މިއަންނަ ބަދަލާއެކު ފަސޭހަކަމާއެކު ކުރިއަށް ދެވޭނީ ބަދަހިގުޅުމެއް ގާއިމް ވެފައި އޮތުމުން ކަމަށެވެ. ސަރުކާރުން ތުޅާދޫއަށް ގެނެސްދޭ ތަރައްގީއާއެކު ރައްޔިތުން އެކަން ބަލައިގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މެންބަރު ހިސާން ވިދާޅުވިއެވެ.

- ކޮމެންޓް