ކ. މާލެ
|
24 ޖުލައި 2023 | ހޯމަ 09:29
ރެއާލް އާއި އޭސީ މިލާން ކުޅުނު މެޗުގެ ތެރެއިން
ރެއާލް އާއި އޭސީ މިލާން ކުޅުނު މެޗުގެ ތެރެއިން
ޓްވީޓަރ
ރެއާލް މެޑްރިޑު
ފަހަތުން އަރައި ރެއާލުން އޭސީ މިލާންގެ މައްޗަށް ކުރި ހޯދައިފި
ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން ރެއާލުން މެޗު ކާމިޔާބު ކުރީ 3-2 އިން

ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން ރެއާލް މެޑްރިޑުން އޭސީ މިލާން ބަލިކޮށްފި އެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރެއާލުން ކުޅުނު މެޗުގައި ވަނީ އެ ޓީމުން އަލަށް ގެނައި ކުޅުންތެރިންނަށް ވެސް ފުރުސަތު ދީފަ އެވެ. މެޗު ފަައިގެން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، ފުރަތަމަ ދެ ލަނޑު ޖަހައި ކުރި ހޯދީ މިލާނުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޓޮމޯރީ އެވެ. އޭގެ ފަހުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ރޮމޭރޯ އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ރެއާލުން ވަނީ ދެ މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައި، ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ދެ ލަނޑު ވެސް ޖެހީ ފެޑެރިކޯ ވަލްވާޑޭ އެވެ. އެއީ 57 ވަނަ މިނެޓާއި 59 ވަނަ މިނެޓުގަ އެވެ. މެޗުން ރެއާލް މޮޅުކޮށްދިން ލަނޑު ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ ޖެހީ 84 ވަނަ މިނެޓުގަ އެވެ.

މި މެޗުގެ އިތުރުން ރެއާލުން ރަހުމަތްތެރިކަމުގެ އެއް މެޗު ކުޅޭނެ އެވެ. އެއީ މި މަހުގެ 27 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ.

- ކޮމެންޓް