ކ. މާލެ
|
23 ޖުލައި 2023 | އާދީއްތަ 14:13
އައްޑޫ ސިޓީ ބިން ހިއްކުން
އައްޑޫ ސިޓީ ބިން ހިއްކުން
އަޙްމަދު ފާރިސް
އައްޑޫއިން ގޯތި ދޫކުރުން
އައްޑޫއިން ގޯތި ލިބޭ މީހުންގެ ލިސްޓު އަންނަ މަހު އާންމުކުރަނީ
4،000ށްވުރެ ގިނަ މީހުން ގޯއްޗަށް އެދި ފޯމް ހުށަހެޅި

އައްޑޫ ސިޓީން މިއަހަރު ކުރީކޮޅު ދޫކުރަން އިއުލާންކުރި 1،000 ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން ގޯތި ލިބޭ މީހުންގެ ލިސްޓް އަންނަ މަހު އާންމުކުރަން މަސައްކަތް ކުރަމުންދާ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ނިޒާރު ވިދާޅުވީ އޮގަސްޓް މަހުގެ މެދު ތެރޭގައި ގޯތި ލިބޭ މީހުންގެ ލިސްޓް އާންމު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އައްޑޫ އިން ދޫކުރާ ގޯތި ތަކަށް މިދިޔަ ޖެނުއަރީ މަހު ފޯމު ހުށަހެޅުމަށް ހުޅުވާލުމުން 4،000 އަށް ވުރެ ގިނަ ފޯމް ހުށަހަޅާފައިވެއެވެ.

އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ގޯތި ނުލިބުމުގެ މައްސަލައަކީ އައްޑޫގެ އާއްމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެއް ކަމަށެވެ. ނަމަވެސް 22 އަހަރު ފަހުން ހިތަދޫއިން ގޯތި ދޫކުރުމަކީ އާއްމުންނަށް ލިބޭ އުފަލެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. އައްޑޫއިން ގޯތި ދޫކުރަން ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، ހިތަދޫން 500 ގޯތި ދޫކުރާއިރު، އައްޑޫގެ އިތުރު ތިން ރަށަކުން 500 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. އޭގެތެރޭގައި ފޭދޫއިން ދޫކުރާ 1،500 އަކަފޫޓުގެ 300 ގޯއްޗާއި، ހުޅުދުއާއި މީދޫއިން، ކޮންމެ ރަށަކުން 2،000 އަކަފޫޓުގެ 100 ގޯތި ހިމެނެއެވެ.

އައްޑޫސިޓީގައި ބޯހިޔާވަހިކަން ބޭނުންވާ ގިނަ ބަޔަކު ތިބިއިރު، ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ވެސް ވަނީ ބިޔަ މަޝްރޫއެއް ފަށާފައެވެ. އެގޮތުން އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، ހިތަދޫއިން 90 ހެކްޓަރުގެ ބިން، މަރަދޫ މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން އަދި ހުޅުދޫމީދޫން 3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން އައްޑޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ބޮޑެތި ހައްލުތަކެއް ލިބިގެންދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.5 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް