ކ. މާލެ
|
23 ޖުލައި 2023 | އާދީއްތަ 06:56
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2023
ރިޔާސީ އިންތިޚާބުގައި ރ.ވާދޫގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފި
އޮފިޝަލަކަށް ވުމަށް އެދޭ ފޯމާއެކު އައިޑީ ކާޑުގެ ކޮޕީ 2023 ޖުލައި 24 ވާ ހޯމަ ދުވަހުގެ މެންދުރު 13:00ގެ ކުރިން ހުށަހަޅަން ޖެހޭ
[email protected]  އަށް ނުވަތަ އެ އިދާރާއަށް ގޮސްގެން ފޯމު ހުށަހެޅުމަށް އީސީން ވަނީ އެދިފައި

ރިޔާސީ އިންތިޚާބުގައި ރ.ވާދޫގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފިއެވެ.

ރިޔާސީ އިންތިހާބު 2023 އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ 2023 ސެޕްޓެމްބަރ 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރ.ވާދޫގައި ބަހައްޓާ ވޯޓު ފޮށީގެ އޮފިޝަލުންގެ ގޮތުގައި ބައެއް މަޤާމުތަކަށް އޮފިޝަލުން ހަމަޖެއްސުމަށް ބޭނުންވާ ކަމަށެވެ.

އެގޮތުން ރަޖިސްޓަރީ ބަލަހައްޓާ އޮފިޝަލް، އިނގިލީގައި ފާހަގަޖަހާ އޮފިޝަލް، ވޯޓުފޮށި ބަލަހައްޓާ އޮފިޝަލް، ކިޔު ނަންބަރު ދޫކުރާ އޮފިޝަލް، ސަރަހައްދު ބަލަހައްޓާ އޮފިޝަލް އަދި ރިޒާވް އޮފިޝަލުން ހޯދމަށް ވަނީ އިޢުލާންކޮށްފައެވެ.

އެހެންކަމުން އެ މަޤާމުތަކަށް އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އޮފިޝަލަކަށް ވުމަށް އެދޭ ފޯމާއެކު އައިޑީ ކާޑުގެ ކޮޕީ 2023 ޖުލައި 24 ވާ ހޯމަ ދުވަހުގެ މެންދުރު 13:00ގެ ކުރިން [email protected]  އަށް ނުވަތަ އެ އިދާރާއަށް ގޮސްގެން ފޯމު ހުށަހެޅުމަށް އީސީން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް