އެސްޓީއޯ ރެކްރިއޭޝަން ކްލަބާއެކު, ޔުނައިޓެޑް ބީއެމްއެލް ގްރޫޕް އީން ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ ސޯޅަ ޔަޤީންކޮށްފިއެވެ.
ބީއެމްއެލް ގަދަ ސޯޅަ ޔަޤީން ކުރީ ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްގެންނެވެ. ބަލިވީ އެސްޓީއޯ އަތުންނެވެ. އޭގެފަހުން ކުޅުނު މެޗުގައި 2-0 ން ކްލަބް އެއާ ބަލިކޮށް ގަދަ ސޯޅަ ޔަޤީންކުރިއެވެ. ބީއެމްއެލް ފުރަތަމަ މެޗުގައި 12-0 ން ޓްރީ ޓޮޕް ހޮސްޕިޓަލް ބަލިކުރިއެވެ. މިގްރޫޕުން އެއްވަނަ ޓީމް ކަށަވަރުވާނީ އެސްޓޯއީގެ ފަހު މެޗުންނެވެ. ގްރޫޕް ސްޓޭޖްގައި އެސްޓީއޯގެ ފަހު މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ޓްރީޓޮޕާ ދެކޮޅަށެވެ.
މިގްރޫޕުން ކެޓީ ޓްރީޓޮޕާއި ކްލަބް އެއާއެވެ. މިދެޓީމް ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ގްރޫޕް ސީގައި ޓީމް އެލައިޑާއި ގޭސް ކްލަބް ވާދަކުރި މެޗު ނިމުނީ 4-4 ން އެއްވަރުވެގެންނެވެ. ގޭސް ކްލަބް ފުރަތަމަ މެޗު ކާމިޔާބުކުރިޔަސް, އެލައިޑް ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ. މިގްރޫޕްގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކުރީ އެމްޕީއެލްއެވެ. ފަހު މެޗުގައި އެމްޕީއެލް ވާދަކުރަން ޖެހޭނީ ގޭސް ކްލަބާއެވެ.