Advertisement
ކ. މާލެ
|
20 ޖުލައި 2023 | ބުރާސްފަތި 22:27
އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ޑރ. ރަފިއްޔާ ވާހަކަފުޅުދައްކަވަނީ
އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ޑރ. ރަފިއްޔާ ވާހަކަފުޅުދައްކަވަނީ
ރާއްޖެ އެމްވީ އެމްޑީޕީ
ހއ އަށް ރައީސް ވަޑައިގަތުން
އަންހެނުން ބާރުވެރިކުރުވި ހަމައެކަނި ލީޑަރަކީ ރައީސް ސާލިހު: ޑރ. ރަފިއްޔާ
އެއްބުރުން ރައީސަށް އިންތިޚާބު ކާބިޔާބުވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވި

އަންހެނުން ބާރުވެރިކުރުވި ހަމައެކަނި ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކަމަށް، އެމްޑީއޭގެ ނައިބު ރައީސް ޑރ. އާއިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި ބުރާސްފަތި ދުވަހުގެ ރޭ އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރަފިއްޔާ ވިދާޅުވީ، އަންހެނުން ބާރުވެރިކުރުވި ހަމައެކަނި ލީޑަރަކީ ރައީސް ސާލިހު ކަމަށެވެ. ރަފިއްޔާ ވަނީ މި ސަރުކާރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އެކުލަވާލުމުން އެކަން ފާހަގަކުރައްވާފައެވެ. އަދި އިންތިޚާބު އެއްބުރުން ކާމިޔާބުކުރައްވާނެ ކަމަށް ރަފިއްޔާ ވިދާޅުވިއެވެ.

ރައީސް އެއްބުރުން ހޮވާ ވާހަކަ ދެއްކުމުން ބައެއް މީހުން ހަޖޫޖަހާކަން ފާހަގަކުރައްވައި ރަފިއްޔާ ވިދާޅުވީ، ކޯލިޝަން ދެމެހެއްޓެވި ރައީސަކީ ރައީސް ސާލިހު އެކަނި ކަމަށެވެ. އެއްބުރުން ރައީސް އިންތިޚާބުވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

Advertisement

ރަފިއްޔާ ވިދާޅުވީ މީގެ ކުރިން ދައުރު ނިންމެވި ރައީސުން ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމަށް ކެމްޕޭން ކުރައްވަން ނިކުންނެވީ ގިނިކަންޏާ ކަމަށާއި، އެހެންނަމަވެސް ރައީސް ސާލިހު މިފަހަރުވެސް ނިކުންނެވީ ކޯލިޝަނަކާއެކު ކަމަށެވެ.

ރަފިއްޔާ ވިދާޅުވީ، ކޮވިޑުގެ ހާލަތުގައި ޕްލޭނެއް އޮވެގެން މި ސަރުކާރުން ކަންތައްތައް ކުރުމުން ރާއްޖެ ރަނގަޅު މިސްރާބަކަށް ދިޔަ ކަމަށެވެ.

އަދި ސިޔާސީ ހަލަބޮލިކަން ރައްޔިތުން ދެކެފިކަމަށާއި އެހެންނަމަވެސް މިއަދު ރައްޔިތުން ބޭނުންވަނީ އުފާވެރި އަމާން ރާއްޖެއެއް ކަމަށް ރަފިއްޔާ ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް