Advertisement
ކ. މާލެ
|
20 ޖުލައި 2023 | ބުރާސްފަތި 18:45
ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ރައީސް ހުޅުއްވައިދެއްވަނީ
ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ރައީސް ހުޅުއްވައިދެއްވަނީ
އެމްޑީޕީ
ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް
ރައީސް، ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައިފި
މި އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން
ސިއްހީ މަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތްވެސް ކޮށްފައިވޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ހއ. ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

ހއ އަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ވަނީ ވަށަފަރަށް ވަޑައިގެންފައެވެ. މި އިމާރާތް ހުޅުއްވައިދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި އިމާރާތް ހުޅުއްވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ ސިއްހީ މަރުކަޒު ބައްލަވާލައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

މި މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގައި ޑެލިވަރީ ރޫމް އަދި ޕްރައިވެޓް ރޫމްތައް ވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ.

Advertisement

ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި އިމާރާތުގައި ޕަބްލިކް ހެލްތު ޔުނިޓަކާއި އިދާރީ އޮފީސް އަދި ސްޓޯރޭޖު ރޫމްތަކާއި ލޯންޑްރީ ހިމެނެއެވެ.

މި މަޝްރޫއަށް 1,988,107ރ (އެއް މިލިއަން ނުވަ ލައްކަ އަށްޑިހަ އަށްހާސް އެއްސަތޭކަ ހަތްރުފިޔާ) ހޭދަކޮށްފައިވެއެވެ. މި މަޝްރޫއުގެ ދަށުން ސިއްހީ މަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތްވެސް ކޮށްފައިވެއެވެ.

ސަރުކާރުން އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރަމުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. ސިއްހީ މަރުކަޒުތަކުން ދޭ ޚިދުމަތްތައް ހަރުދަނާ ކުރުމާއި، ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓާތަކުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މާލެއަށް އަންނަން ނުޖެހި އަތޮޅުތެރޭގެ ރަށްތަކުން އެކަށީގެންވާ ސިއްހީ ޚިދުމަތެއް ލިބުމަކީ މިސަރުކާރުގެ އަމާޒެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް