ކ. މާލެ
|
20 ޖުލައި 2023 | ބުރާސްފަތި 10:52
މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި ރިޔާދް މާރޭޒް
މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި ރިޔާދް މާރޭޒް
ޓްވީޓަރ
އަލް އަހްލީ
މާރޭޒް، ސައުދީ ލީގުގެ އަލް އަހްލީއަށް
 
އަލް އަހްލީއަށް މާރޭޒް ބަދަލުވާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި އަލްޖީރިއާގެ ރިޔާދް މާރޭޒް، ސައުދީ ޕްރޯ ލީގުގެ އަލް އަހްލީއަށް ބަދަލުވާން ނިންމައިފިއެވެ.

މާރޭޒް ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށް އަހް އަހްލީން މަސައްކަތް ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ ކުރީކޮޅުއެވެ. އެކަމުގައި އަލް އަހްލީން ސިޓީއާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އެއްބަސްވުމަކަށް އާދެވިފައިވާކަމަށް، ރިޕޯޓުތައް ބުނެއެވެ. މިހާރު، އަލް އަހްލީއާއި ސިޓީއާ ދެމެދު ލިޔެކިޔުންތައް ބަދަލުކޮށްފައިވާކަމަށާއި، ކުރިއަށް އޮތް ހަފުތާތެރޭގައި އަލް އަހްލީގެ އެއްބަސްވުމުގައި އޭނާ ސޮއިކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ. މާރޭޒް ސިޓީ ދޫކޮށްލަނީ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވައެވެ. އޭނާ ހޯދުމަށް އަލް އަހްލީން ސިޓީއަށް 35 މިލިއަން ޔޫރޯ ދައްކާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަލް އަހްލީއަށް މާރޭޒް ބަދަލުވާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ސޮއިކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަލް އަހްލީން މާރޭޒް ހޯދާއިރު، ސައުދީ ލީގުގެ ކުލަބުތަކުން އަންނަނީ ޔޫރަޕުގައި ކުޅޭ ގިނަ ކުޅުންތެރިން އެ ލީގަށް ގެންދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް