Advertisement
ކ. މާލެ
|
19 ޖުލައި 2023 | ބުދަ 16:54
ހއ. އުލިގަމު ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހް ކޮށްދެއްވައި އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހއ. އުލިގަމު ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހް ކޮށްދެއްވައި އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހް ކޮށްދެއްވުން
ރައީސް، އުލިގަމު ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހް ކޮށްދެއްވައި، އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފި
ފެނަކަ އޮފީސް އިމާރާތާއި އައު އިންޖީނުގެއަކީ ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަނެއް
އެރަށުގެ އައު އިންޖީނުގެއިން މިހާރު 458 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހއ. އުލިގަމަށް ވަޑައިގެން, އެރަށުގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހުކޮށްދެއްވައި، އެރަށުގެ އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

އުލިގަމު ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ކުރިޔަށްގެންގޮސްފައި ވަނީ ސްޓެޓިކް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އުލިގަމު ފެނަކަ އޮފީސް އިމާރާތާއި އައު އިންޖީނުގެއަކީ ޖާގަ ތަނަވަސް، އަދި ބޭނުންވާ ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަނެކެވެ.

Advertisement

މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކޮށްފައިވާ އެރަށުގެ އައު އިންޖީނުގެއިން މިހާރު 458 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭނެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް