ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހއ. ހޯރަފުށްޓަށް ވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނު ހޯރަފުށްޓަށް ވަޑައިގަތީ ކެމްޕެއިން ދަތުރުފުޅަކަށް ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގަންނަވާ ފުރަތަމަ ރަށެއްގެ ގޮތުންނެވެ.
އެ ރަށުން ރައީސް ޞާލިހު އަށް ވަރަށް ހޫނު މަރުހަބާ އެއް ވަނީ ދަންނަވާފައެވެ. އެގޮތުން ރައީސް ގެނެސްދެއްވި ތަރައްޤީގެ ވާހަކަ އާއި ރައީސްގެ ޚިދުމަތުގެ ވާހަކަ ހިމެނޭ ޚާއްސަ ލަވައަކަށް އެ ރަށުގެ އަންހެން ކުދިން ވަނީ އައިޓަމެއް ހުށަހަޅާދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގައި އެމްޑީޕީގެ ނޫރާނީ ޖަގަހަ ހުޅުވާދެއްވާފައެވެ. އަދި އެ ރަށުގައި ބަނދަރުގައި ވަނީ ބައްދަލުވުމެއް ބާއްވަވާފައެވެ.