ކ. މާލެ
|
18 ޖުލައި 2023 | އަންގާރަ 13:34
ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން ރަސްމިއްޔާތެއްގެ ތެރެއިން
ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން ރަސްމިއްޔާތެއްގެ ތެރެއިން
އެމްއެންޔޫ
ތައި އިންޓަރނޭޝަނަލް ޕޯސްޓްގްރެޖުއޭޓް
ތައިލެންޑްގެ އެހީގައި މާސްޓަރސްއަށް ކިޔެވުމުގެ ފުރުސަތު ލިބުނު ދަރިވަރުން އިއުލާނުކޮށްފި
ޕްރޮގްރާމަށް ކުރިމަތިލީ ފަރާތްތަކުގެ ނަތީޖާ 18 ޖުލައި 2023 ގައި ވަނީ މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކޮށްފައި
ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަން ޖެހޭނެ

ތައިލެންޑްގެ އެހީގައި މާސްޓަރސްއަށް ކިޔެވުމުގެ ފުރުސަތު ހޯދުމަށް ކުރިމަތިލީ ފަރާތްތަކުގެ ނަތީޖާ 18 ޖުލައި 2023 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އިއުލާނުކޮށްފިއެވެ.

ތައި އިންޓަރނޭޝަނަލް ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމް 2023 އަށް ކުރިމަތިލީ ފަރާތްތަކުގެ ނަތީޖާ 18 ޖުލައި 2023 ގައި ވަނީ މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކޮށްފައެވެ. ނަތީޖާއާއި ގުޅޭގޮތުން ޝަކުވާއެއްވާނަމަ މިނިސްޓްރީގެ އީ.މެއިލް އަށް 20 ޖުލައި 2023 ގެ 12:00 ގެ ކުރިން ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ތައިލެންޑްގެ ޔުނިވަރސިޓީތަކުން ހިލޭ މާސްޓަސްއަށް ކިޔެވުމަށް 19 ދާއިރާއަކުން ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި ސައިންސްއާއި އިންޖިނިރިއަރިންގއާ ގުޅުން ހުރި ދާއިރާތަކުގެ ކޯސްތައް ގިނައިން ހިމެނިފައިވެއެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ކުރާނީ ތައިލެންޑް ސަރުކާރުންނެވެ. އެގޮތުން ދެކޮޅު ޓިކެޓާއި، އެކޮމޮޑޭޝަން އެލަވަންސާއި، ލިވިންގ އެލަވަންސާއި، ސެޓެލްމަންޓް އެލަވަންސާއި، ބުކް އެލަވަންސާއި، ތީސީސް އެލަވަންސާއި، ޓިއުޝަން ފީގެ އިތުރުން އިންސްއަރެންސްވެސް ތައިލެންޑް ސަރުކާރުން ދެއެވެ.

Advertisement

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، ކޮންމެ ކޯހަކަށް ވެސް ނޮމިނޭޓް ކުރާނީ ދެ ކެންޑިޑޭޓުން ކަމަށާއި އެންމެ ފަހުގެ ސިލެކްޝަން ހަދާނީ ތައިލޭންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޓާއިކާ) އިން ކަމަށެވެ.

މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި ސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓުން 24 ޖުލައި 2023 ގެ ކުރިން ޓައިކާގެ އެޕްލިކޭޝަން ފުރިހަމަކޮށް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.

ޓައިކާގެ އެޕްލިކޭޝަންއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު އަޕްލޯޑު ކުރެވިފައިވާ ގައިޑްލައިން އަދި ކޯހާއި ގުޅޭ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާން ކުރެވިފައިވެއެވެ. އެހެންކަމުން، އެޕްލިކޭޝަނާއި އެހެނިހެން ލިޔުންތަކުގެ އެޓެސްޓަޑް 1 އަސްލު އަދި 2 ކޮޕީ ސެޓު މިމިނިސްޓްރީއަށް ފޮނުވޭ ގޮތަށް ތައްޔާރުކޮށްފައި ބެހެއްޓުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އޭގެ އިތުރުން ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަން ޖެހޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް