ކ. މާލެ
|
18 ޖުލައި 2023 | އަންގާރަ 09:30
ނައިޖީރިއާގެ ފޯވަޑް އަސިސަޓް އޮޝައޯލާ
ނައިޖީރިއާގެ ފޯވަޑް އަސިސަޓް އޮޝައޯލާ
ގޫގުލް
އަންހެނުންގެ ވޯލްޑްކަޕް
އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ ތަރިން: އަސިސަޓް އޮޝޮއާލާ
އޭނާ އަށް ވަނަމަކަށް ސީޑޯފް ނަމުން ގޮވައި އުޅޭ

1991 ވަނަ އަހަރުން ފެށިގެން ކޮންމެ ވޯލްޑްކަޕެއްގައި ނައިޖީރިއާ ކުޅެ އެވެ. އެކަމަކު ކުއާޓާ ފައިނަކަށްވުރެ ދުރަށް ނުދެވެ އެވެ. މިފަހަރު މިކަން ކާމިޔާބުކުރާނަމަ ޓީމުގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ އަސިސަޓް އޮޝޮއާލާ އެވެ. އުމުރުން 28 އަހަރިގެ ކުޅުންތެރިޔާ އަކީ ސްޕޭނުގެ ބާސެލޯނާގެ މުހިންމު ކުޅުންތެރިއެކެވެ.

އޮޝޮއާލާ އަކީ އެފްރިކާގައި މިވަގުުހުރި އެންމެ ވިދުންގެ ކުޅުންތެރިޔާއެވެ. އޭނާގެ ކުޅުމުގެ ސްޓައިލް ހުންނަ ގޮތުން ވަނަމެއްގެ ގޮތުގައި ނެދަލޭންޑްސްގެ ކުރީގެ މަޝްހޫރު މިޑްފީލްޑަރު ކްރަލެންސް ސީޑޯފްގެ ނަމުން ވެސް މުހާތަބް ކުރެވެ އެވެ. ނަމަވެސް ޓީމް މޭޓުންގެ ތެރޭގައި އޭނާ އަށް ކިޔަައި އުޅެނީ ސުޕަޒީ އެވެ.

"އޮޝޮއާލާ ހުރެފިނަމަ ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ޖެހިލުމެއްނެތި ކުޅެވިދާނެ،"
ރެންޑީ ވަލްޑްރަމް / ނައިޖީރިއާގެ ކޯޗު
ނައިޖީރިއާގެ ފޯވަޑް އަސިސަޓް އޮޝައޯލާ - ގޫގުލް

އޭނާ މިހެން ބުނި މައިގަނޑު ސަބަބަކީ ބާސެލޯނާ އަށް ކުޅުނު 89 މެޗުގައި 83 ގޯލު އޮޝޮއާލާ ޖަހާފައިވުމެވެ.

2013 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އަންނަ ފޯވަޑް ވަނީ ބާސެލޯނާގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ނައިޖީރިއާގެ ޖާޒީގައި އެފްރިކާ ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި އާސެނަލްއާއެކު އަންހެނުންގެ އެފްއޭކަޕް 2016 ވަނަ އަހަރު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ބީބީސީން ހޮވި އެންމެ މޮޅު ކުޅުންތެރޔާގެ މަގާމު ލިވަޕޫލްގައި ހުރެ ހާސިލްކޮށްފަ އެވެ. އޭނާ ވަނީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑް އަދަދެއް ކަމަށްވާ ފަސް ފަހަރު ހާސިލްކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް