ކ. މާލެ
|
16 ޖުލައި 2023 | އާދީއްތަ 17:30
ތިން ޓަވަރުގެ އެޕާޓްމަންޓްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ސީއީއޯ ޝާހިދު ބައްލަވާލައްވަނީ
ތިން ޓަވަރުގެ އެޕާޓްމަންޓްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ސީއީއޯ ޝާހިދު ބައްލަވާލައްވަނީ
އެމްޕީއެލް
އެމްޕީއެލްގެ ފްލެޓްގެ މަސައްކަތް
ފްލެޓުގެ މަސައްކަތް އޯގަސްޓް މަހުގެ ނިޔަލަށް ނިންމާ، މުވައްޒަފުންނަށް ދިރިއުޅެން ފެށޭނެ: ސީއީއޯ ޝާހިދު
މިއަހަރުގެ ނިޔަލަށް ފްލެޓްތަކުން ކުލި ނުނަގާނެ
މިހާރު ކުރިއަށްދަނީ ލިފްޓާއި ކަރަންޓާއި ފެން އަދި ފިނިޝިންގެ މަސައްކަތްތައް

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ހައުސިން ސްކީމްގެ ދަށުން ހުޅުމާލޭގެ ފޭސް-2 ގައި އިމާރާތް ކުރާ ތިން ޓަވަރުގެ އެޕާޓްމަންޓްތަކުގެ މަސައްކަތްތައް އޯގަސްޓް މަހުގެ ނިޔަލަށް މުޅިން ނިންމާލައި މުވައްޒަފުންނަށް ދިރިއުޅެން ފެށޭނެ ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ޝާހިދު ވިދާޅުވީ އޯގަސްޓް މަހުގެ ނިޔަލަށް ފްލެޓުތަކުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށެވެ. އަދި މުވައްޒަފުން ފްލެޓުގައި ދިރިއުޅެން ފަށާ ދުވަހުން ފެށިގެން، މިއަހަރުގެ ނިޔަލަށް ފްލެޓްތަކުން ކުލި ނުނަގާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލްއިން އިން އިމާރާތް ކުރާ 3 ޓަވަރުގައި މިހާރު ކުރިއަށްދަނީ ލިފްޓާއި ކަރަންޓާއި ފެން އަދި ފިނިޝިންގެ މަސައްކަތްތަކެެވެ. ފްލެޓްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ޝާހިދު ވަނީ ބުރާސްފަތި ދުވަހު ޓަވަރުތަކަށް ވަޑައިގެންފައެވެ.

ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުންނަށް ޚާއްސަކޮށްގެން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން އިމާރާތްކޮށްފައިވަނީ 15 ބުރީގެ ތިން ޓަވަރެވެ. މި ޓަވަރުތަކުގައި 534 އެޕާޓްމަންޓް ހިމެނޭއިރު އެއީ 1 ކޮޓަރީގެ 204 ފްލެޓާއި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 330 ފްލެޓެވެ.

- ކޮމެންޓް