Advertisement
ކ. މާލެ
|
15 ޖުލައި 2023 | ހޮނިހިރު 22:07
މ. މުލަކުގައި އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި އަލީ ޝިޔާމް ވާހަކަފުޅުދައްކަވަނީ
މ. މުލަކުގައި އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި އަލީ ޝިޔާމް ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާ
މިތިބީ ރަނގަޅު ކައްޕިއަކާއެކު، އިންތިޚާބު އެއްބުރުން ކާމިޔާބު ކުރާނަން: އަލީ ޝިޔާމް
އިދިކޮޅުގައި ތިއްބަވާ ކައުންސިލަރުން ވެސް، ރަށްތަކުގައި މަޝްރޫއުތައް މި ސަރުކާރުން ކުރިއަށްގެންދާ ވާހަކަ ދައްކާ

މިއަދު ތިބީ ރަނގަޅު ކައްޕިއަކާއެކު ކަމަށާއި, އިންތިޚާބު ކާމިޔާބުކުރާނީ އެއްބުރުން ކަމަށް، މ އަތޮޅުގެ ކޯޑިނޭޓަރު އަދި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް ވިދާޅުވެއްޖެއެވެ.

މ. މުލަކުގައި ހޮނިހިރު ދުވަހުގެ ރޭ އޮތް "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި އަލީ ޝިޔާމް ވިދާޅުވީ، އިދިކޮޅުގައި ތިއްބަވާ ކައުންސިލަރުން ވެސް، ރަށްތަކުގައި މަޝްރޫއުތައް މި ސަރުކާރުން ކުރިއަށް ގެންދާ ވާހަކަ ދައްކާ ކަމަށެވެ. މުއްޔަށް، މުލަކަށް ނުވަތަ ނާލާފުއްޓަށް ބެލިޔަސް އެކަން އޮތީ އެހެންކަމަށް އަލީ ޝިޔާމް ވިދާޅުވިއެވެ.

ކޮވިޑުގެ ހާލަތުގައި ރާއްޖޭގެ ރައްޔިތުން ހާލުގައި ނުޖެހުނީ ރައީސް ސާލިހުގެ ވިސްނުންފުޅުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރައީސަކީ އިކޮނޮމިސްޓެއްކަމަށް ސަރުކާރަށް ތާއިދުކުރާ މީހުން ނުކިޔާކަމަށާއި، ރައީސް އަމަލުން އެކަން ސާބިތުކޮށްދެއްވައިފިކަމަށް ވިދާޅުވިއެވެ.

Advertisement

ޝިޔާމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އެންމެން ގޮވައިގެން އުޅުއްވުމަށް، ރައީސަކީ ލީޑަރެއް ކަމަށެވެ. ކޮވިޑުގެ ހާލަތުގައި ހުރިހާ އެންމެންގެ ވާހަކަ އަޑުއަހައިގެން ރައީސް ކުރިއަށް ގެންދެވިކަމަށް ވިދާޅުވިއެވެ.

އާރްޓީއެލްގެ ފެރީގެ ނިޒާމާއެކު އިގްތިސާދަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް