ކ. މާލެ
|
15 ޖުލައި 2023 | ހޮނިހިރު 18:31
އާސެނަލްއަށް ސޮއިކުރުމަށްފަހު ޑެކްލަން ރައިސް: ފޮޓޯ-އާސެނަލް
އާސެނަލްއަށް ސޮއިކުރުމަށްފަހު ޑެކްލަން ރައިސް: ފޮޓޯ-އާސެނަލް
ރައިސް އާސެނަލްއަށް
ޑެކްލަން ރައިސް އާސެނަލްއަށް ސޮއިކޮށްފި
ޑެކްލަން ރައިސްގެ އަގަކީ 105 މިލިއަން ޕައުންޑް

އާސެނަލްއަށް ބަދަލުވާނެކަން ކުރިންވެސް ޔަގީންވެފައި އޮތް އިނގިރޭސި މިޑްފީލްޑަރު، ޑެކްލަން ރައިސް އެ ޓީމަށް ސޮއިކޮށްފިއެވެ.

އާސެނަލްއިން ޑެކްލަން ރައިސްގެ ސޮއި ހޯދީ ވެސްޓްހޭމް ޔުނައިޓެޑަށް 105 މިލިއަން ޕައުންޑް ދީފައެވެ. ފަސް އަހަރުގެ އެއްބަސްވުމެއްގައި ރައިސް ސޮއިކުރީ މުއްދަތު އިތުރުކުރުމުގެ ފުރުސަތުވެސް ލިބޭގޮތަށެވެ. ސޮއިކުރުމަށްފަހު 24 އަހަރުގެ މިޑްފީލްޑަރު ބުނީ، މިދިޔަ އަހަރުތަކުގެ ތެރޭގައި އޭނާ އާސެނަލްއަށް ބަލަމުން ދިޔަކަމަށެވެ. އޭނާ ބުނީ މިދިޔަ ސީޒަންގެ ކުރިން ލީގުގެ ފަސްވަނަ ހޯދިއިރުވެސް އާސެނަލް ފެނުނީ އާޓެޓާއާއެކު ރަނގަޅު މިސްރާބަށް ދިޔަތަން ކަމަށެވެ. އާޓެޓާއާއެކު އާސެނަލްއިން ކުޅޭ ސްޓައިލާމެދު ހިތްހަމަޖެހޭކަން ޑެކްލަން ރައިސް ފާހަގަކުރިއެވެ.

މިދިޔަ ސީޒަނުގަ އާސެނަލް ފެނުނީ ތަފާތުބޮޑުކޮށް. ސިޓީ ފިޔަވާ އާސެނަލްއާ ހަމަކުރެވޭ ވަރުގެ ޓީމެއް ނެތް.
ޑެކްލަން ރައިސް

ޑެކްލަން ރައިސް ވެސްޓްހޭމް ދޫކޮށްލީ ކެޕްޓަނެއްގެ ގޮތުގައި އެ ކްލަބަށް ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދައިދީފައެވެ. ރައިސްއަކީ ކުރިއަށް އޮތް ސީޒަނަށް، އާސެނަލްއަށް ސޮއިކުރި ތިންވަނަ ކުޅުންތެރިޔާއެވެ. ރައިސްގެ ކުރިން އާސެނަލްއަށް ސޮއިކުރީ ޗެލްސީގެ ޖަރުމަނު ފޯވަޑް ކައި ހާވާޓްޒްއާއި އަޔެކްސްއަށް ކުޅެމުން އައި ނެދަލެންޑްސް ޑިފެންޑަރު ޔޫރިއަން ޓީމްބާއެވެ. ޗެމްޕިއަން ސިޓީގެ ފަހަތު ލީގުގެ ދެވަނަ މިދިޔަ ސީޒަންގައި ހޯދީ އާސެނަލްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް