Advertisement
ކ. މާލެ
|
15 ޖުލައި 2023 | ހޮނިހިރު 11:13
ކޯލިޝަން ޕާޓްނަރ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ
ކޯލިޝަން ޕާޓްނަރ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ
ރައީސް އޮފީސް
ރައީސް ސާލިޙު މީމު އަތޮޅަށް
ކެމްޕޭން އިތުރު ގިޔަރަކަށް ލައިގެން، އިންތިޚާބު ރައީސް ސާލިޙަށް ކާމިޔާބު ކޮށްދެއްވާ: އިމްރާން
ކޮޅުފުއްޓަކީ ސުނާމީގައި ރާއްޖެއިން އެންމެ ބޮޑު ގެއްލުމެއްވި އެއް ރަށް
ރައީސް ވެވަޑައިގެންނެވި ވައުދުތަކަކީ ފުއްދަވާ ވައުދުތަކެއް
ރައީސް ވަނީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ކުރައްވާނެ ކަންކަމުގެ ވައުދުފުޅުތަކެއް ވެވަޑައިގެންފައި

ކެމްޕޭން އިތުރު ގިޔަރަކަށް ލައިގެން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރުމަށް ކޯލިޝަން ޕާޓްނަރ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

Advertisement

ކޮޅުފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކޮޅުފުއްޓަކީ ސުނާމީގައި ރާއްޖެއިން އެންމެ ބޮޑު ގެއްލުމެއްވި އެއް ރަށް ކަމަށެވެ. އެރަށަށް ލިބުނު ގެއްލުން ފޫބެއްދޭވަރުގެ ނަތީޖާއެއް ނެރެވޭ މަސައްކަތެއް ކުރެވިގެން ދިޔައީ މި ސަރުކާރުގައިކަމަށް އިމްރާން ވިދާޅުވިއެވެ.

ކައުންސިލު ރައީސް ވިދާޅުވިހެން ފަސް އަހަރެއްގެ ތެރޭގައި 13 މަޝްރޫއެއް ހިންގި ހަނދާނެއް ނުހުންނާނެ މި ރަށު ރައްޔިތުންނެއް
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

މިނިސްޓަރ ވިދާޅުވީ، ރައީސް ވެވަޑައިގެންނެވި ވައުދުތަކަކީ ފުއްދަވާ ވައުދުތަކެއްކަން އެ ރަށުންވެސް އެނގިގެން ގޮސްފައިވާ ކަމަށާއި، ހަމައެކަނި އެ ރަށުންވެސް މަދުވެގެން 65 އިންސައްތައަށްވުރެ ގިނަ ވޯޓު ހޯދުމަށް މަސައްކަތް ކުރައްވަންޖެހޭ ކަމަށެވެ.

މިއީ ވައުދު ފުއްދަވައިދެއްވާ ރައީސް
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

އިމްރާން ވަނީ ކެމްޕޭން އިތުރު ގިޔަރަކަށް ލައިގެން، ރައީސް ޞާލިޙަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ކުރައްވާނެ ކަންކަމުގެ ވައުދުފުޅުތަކެއް ވެވަޑައިގެންފައެވެ.

Advertisement

Advertisement
- ކޮމެންޓް