ކ. މާލެ
|
13 ޖުލައި 2023 | ބުރާސްފަތި 22:28
ކ. މާފުށީގައި އޮތް "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ޑރ. އަހްމަދު ޒާހިރު އަލީ ވާހަކަފުޅުދައްކަވަނީ
ކ. މާފުށީގައި އޮތް "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ޑރ. އަހްމަދު ޒާހިރު އަލީ ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާ
ކޯލިޝަން ހަދައިގެން ޕާޓީތަކުން އެއްވާނެއްގައި ރައީސް ދެވަނަ ދައުރަކަށް ހޮވުމަށް މަސައްކަތްކުރަނީ ކޮލިޓީ ހުރުމުން: ޑރ. އަހްމަދު ޒާހިރު އަލީ
 
ރައްޔިތުން ރައީސަށް އިހްތިރާމްކުރަނީ، ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ޚިދުމަތްތައް ފޯރުކޮށްދެއްވާތީ

އެމްޑީއޭއާއި އަދާލަތު ޕާޓީން އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން, އެއްވާނެއްގައި ރައީސް ދެވަނަ ދައުރަކަށް ހޮވުމަށް މަސައްކަތްކުރަނީ ކޮލިޓީ ހުރުމުން ކަމަށް، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

އުފާވެރި އަމާން ރާއްޖެ ހޯދައިދެވޭނީ ތަސައްވުރެއް އަދި ސިޔާސަތެއް އޮވެގެން ކަމަށާއި، އެ ސިޔާސަތުތައް ހިއްޕަވައިގެން ވަޑައިގެންނެވީ ރައީސް ސާލިހު ކަމަށް، މާފުށީގައި އޮތް "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

ރައްޔިތުން ރައީސަށް އިހްތިރާމްކުރަނީ، ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ޙިދުމަތްތައް ފޯރުކޮށްދެއްވާތީ ކަމަށް ވިދާޅުވިއެވެ.

ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ދަތި ދަނޑިވަޅުގައިވެސް އަމިއްލަ ނަފްސަށްވުރެން ރައްޔިތުންނަށް އިސްކަންދީގެން ވަޑައިގެންނެވި ބޭފުޅަކީ ރައީސް ކަމަށެވެ. ކޮވިޑުގެ ދަތި އުނދަގޫ ހާލަތުގައިވެސް އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ވަޑައިގެން ވެކްސިން ޖެއްސެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ނަމަވެސް، އެކަން އެގޮތަށް ނުކުރައްވައި، ރައްޔިތުންނަށްވެސް ވެކްސިން ލިބޭނެ އިންތިޒާމު އެމަނިކުފާނު ހަމަޖެއްސެވި ކަމަށެވެ.

ސިޔާސީ ބޭފުޅުން ސިޔާސީ ޕޯޑިއަމްގައި ތަރިވެސް ބާލާކަމަށާއި އެވެނި ކަމެއް ކޮށްދޭން މިވެނި ކަމެއް ކޮށްދޭން ވައުދުވާކަމަށެވެ. އެހެންނަމަވެސް ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައި، ފުއްދަމުންދާތަން އަމަލުން ދެއްކެވި ބޭފުޅަކީ ރައީސް ސާލިހު ކަމަށް ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވިއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި