Advertisement
ކ. މާލެ
|
13 ޖުލައި 2023 | ބުރާސްފަތި 21:51
ގުރައިދޫ ދާއިރާގެ އެމްޑީޕީ ކޯޑިނޭޓަރު އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޝަރީފް ޖަލްސާގައި ވާހަކަފުޅުދައްކަވަނީ
ގުރައިދޫ ދާއިރާގެ އެމްޑީޕީ ކޯޑިނޭޓަރު އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޝަރީފް ޖަލްސާގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ރިޔާސީ އިންތިޚާބަށް ތައްޔާރުވުން
ބައެއް ފަރާތްތަކުން ރިޔާސީ އިންތިޚާބަށް ތައްޔާރުވަނީ "ހިޔަންޏަށް މުޑި" ނަގާހެން - ޝަރީފް
ރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ބޭފުޅެއްގެ ތެރެއިން އެންމެ ނަމޫނާ ބޭފުޅަކީ ރައީސް ސާލިހު ކަމަށް ޝަރީފް ވިދާޅުވި
ހަގީގަތުގައި އެމްޑީޕީ ނޫން ބަޔަކަށް އަދި ކެނޑިޑޭޓެއް ނުދެއްކޭ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައި

ބައެއް ފަރާތްތަކުން ރިޔާސީ އިންތިޚާބަށް ތައްޔާރުވަނީ "ހިޔަންޏަށް މުޑި" ނަގާހެން ކަމަށް, ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަދި ގުރައިދޫ ދާއިރާގެ ކެމްޕެއިން ކޯޑިނޭޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ހިޔަންޏަށް މުޑި ނެގުމޭ އާއްމުކޮށް ބުނެއުޅެނީ، ކަމަކަށް ނުވާ ނުވަތަ އެކަމެއްގައި ހަގީގަތެއް އަސްލެއް އެކުލެވިގެންނުވާ ކަންކަމައިގެން އުޅުމަށެވެ.

ކ. މާފުށީގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝަރީފް މިފަދައިން ވިދާޅުވިނަމަވެސް، ވަކި ބައެއްގެ ނަމެއް ވިދާޅެއްނުވެއެވެ. ޝަރީފް ވަނީ ކެނޑިޑޭޓެއް ފެންނާނެ ކަމަށް ބައެއް ބޭފުޅުން މަސައްކަތް ވިދާޅުވާކަމަށާއި، ކެނޑިޑޭޓަކު ނެރެ ދައްކައިފިނަމަ ވާދަކުރަން އެމްޑީޕީން ތައްޔާރަށް ތިބިކަމަށް ވިދާޅުވެފައެވެ. ޝަރީފްގެ މި ވާހަކަތައް އަމާޒުކުރެއްްވީ އިދިކޮޅު ޕީޕީއެމްއަށް ކަމަށް ބެލެވެއެވެ. މީގެ އިތުރުން ރައީސް ސާލިހު ވަނީ ރައްޔިތުންނަށްޓަކައި އުސް މިންގަނޑެއް ކަނޑައަޅުއްވާފައި ކަމަށާއި، ދެން އަންނަ ރައީސަކު ތަރައްގީއަށްޓަކައި ރައްޔިތުންނަށް އިތުރަށް ކޮށްދެއްވާނެ ކަމެއް ނޯންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް ހަގީގަތުގައި އެމްޑީޕީ ނޫން ބަޔަކަށް އަދި ކެނޑިޑޭޓެއް ނުދެއްކޭކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

Advertisement

ރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންގެ ތެރެއިން އެންމެ ނަމޫނާ ބޭފުޅަކީ ރައީސް ސާލިހުކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ސާލިހަކީ ހިކުމަތްތެރި އަދި އޯގާތެރި ބޭފުޅެއް ކަމަށާއި، ރައްޔިތުން ވެރިންގެ ގޮތުގައި ބޭނުން ވަނީ އެ ފަދަ އިޚުލާސްތެރިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ސަރުކާރަށް ކަންކަން ކޮށްދިނުމަށް ހަގީގަތުގައި ލިބުނީ ތިން އަހަރު ކަމަށާއި، ދެ އަހަރު ކޮވިޑްގެ ސަބަބުން މަސައްކަތްތައް ހުއްޓުނު ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް މިދިޔަ ސަރުކާރުތަކުގައި ކުރިވަރަށް ވުރެ ތިންގުނަ އިތުރަށް މި ސަރުކާރުން ރައްޔިތުންނަށްޓަކައި މަސައްކަތްތައް ކޮށްދީފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ ރައީސް ސާލިހު ދެވަނަ ބުރަކަށް ހޮވުން މުހިންމުކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ހޮވުމުގައި އާއްމުންގެ އެއްބާރުލުމަށް އޭނާ ވަނީ އެދިވަޑައިގަންނަވާފައެވެ. ރާއްޖޭގެ އަމާންކަން ދެމެހެއްޓުމަށާއި ރާއްޖޭގެ ތަރައްގީއަށް ރައީސް ސާލިހު ދެވަނަ ދައުރަކަށް ހޮވަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް