ކ. މާލެ
|
11 ޖުލައި 2023 | އަންގާރަ 12:40
މެންބަރު ޒަރީރު އަވަހާރަކޮށްލަން އުޅުނު މީހާ ޖަލުބަންދުން މިނިވަންކޮށްފި
މެންބަރު ޒަރީރު އަވަހާރަކޮށްލަން އުޅުނު މީހާ ޖަލުބަންދުން މިނިވަންކޮށްފި
މެންބަރު ޒަރީރަށް ޙަމަލާދިނުން
ގައްބަރޭ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި
އެ މައްސަލަ 9 ޖުލައި 2023 ގައި ދިވެހިރާޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވޭ
ހައްޔަރުގައި ހުއްޓައި އޭނާ ބަންދުން ދޫކޮށްލާފައިވަނީ 6 ޖުލައި 2023 ގައި
އޭނާއަކީ ނުރައްކާތެރި މާރާމާރީ ހިންގުމުގެ ރެކޯޑު އޮންނަ މީހެއް

މަތިވެރި ދާއިރާގެ މަޖިލިސް މެންބަރު ޙަސަން ޒަރީރަށް ޙަމަލާދިން މައްސަލައިގައި ހައްޔަރުކުރި ކ.މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

މެންބަރު ޒަރީރަށް ހަމަލާދިންކަަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުގައި ހުއްޓައި އޭނާ ބަންދުން ދޫކޮށްލާފައިވަނީ 6 ޖުލައި 2023 ގައެވެ. އުމުރުން 32 އަހަރުގެ އިބްރާޙީމް ޢަބްދުﷲ (ގައްބަރޭ) ދޫކޮށްލި ސަބަބު މިހާތަނަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާއަކީ ނުރައްކާތެރި މާރާމާރީ ހިންގުމުގެ ރެކޯޑު އޮންނަ މީހެކެވެ.

އެ މައްސަލަ 9 ޖުލައި 2023 ގައި ދިވެހިރާޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

މެންބަރު ޒަރީރަށް ހަމަލާދިނީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.

Advertisement

ފުލުހުން މައުލޫމާތު ދިން ގޮތުގައި މެންބަރު ޒަރީރަށް ހަމަލާ ދީފައިވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެނެވެ. އަދި އޭނާއަށް ހަމަލާ ދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ.

މި މައްސަލާގައި ގައްބަރޭ ނުފެނިގެން ހޯދަމުން ދަނިކޮށް އޭނާ ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ.

އޭނާ ހޯދަމުން އައީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުުނުކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށް ޓަކައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އިތުރު ބަޔަކުވެސް ހައްޔަރުކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް