ކ. މާލެ
|
8 ޖުލައި 2023 | ހޮނިހިރު 07:17
ގައިދީންނަށް ޚާއްސަކޮށްގެން ފެށި ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން
ގައިދީންނަށް ޚާއްސަކޮށްގެން ފެށި ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ރިހެބިލިޓޭޝަން ޕްރޮގްރާމް
ގައިދީންނަށް ޚާއްސަކޮށްގެން ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފި
މި ބެޗުގައި ޖުމްލަ 55 ފިރިހެން ގައިދީން ބައިވެރިވޭ
ރިހެބިލިޓޭޝަން ފްރޭމްވަރކް އެކުލެވިގެންވަނީ ހަތަރު ފިޔަވައްސެއްގެ މައްޗަށް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން، ރިހެބިލިޓޭޝަން  ފްރޭމްވަރކްގެ ފޭސް އެކެއްގެ 19 ވަނަ ބެޗް، މާފުށީ ޖަލުގައި ފަށައިފިއެވެ.

މި ބެޗުގައި ޖުމްލަ 55 ފިރިހެން ގައިދީން ބައިވެރިވެއެވެ.

Advertisement

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން، ރިހެބިލިޓޭޝަން ފްރޭމްވަރކް ތައާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައަށް ނުކުންނައިރު އެ މީހުންނަކީ އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއް ކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުމަށް އެހީވެދިނުމެވެ.

ރިހެބިލިޓޭޝަން ފްރޭމްވަރކް އެކުލެވިގެންވަނީ ހަތަރު ފިޔަވައްސެއްގެ މައްޗަށެވެ. އެއީ ގައިދީންގެ ކިބާގައި "ޑިސިޕްލިން" އަށަގެންނެވުމާއި، އެމީހުންނަށް ސައިކޮލޮޖީ ޕްރޮގްރާމްތައް ހިންގުމާއި، "އެޑިއުކޭޝަން އެންޑް ވޮކޭޝަން" ދަސްކޮށްދިނުމުގެ އިތުރުން، "ޕްރިޒަން ކޮމިއުނިޓީ ސަރވިސް"އެވެ. ފުރަތަމަ ފިޔަވަހީގައި ބޮޑަށް ކުރިއަށްގެންދާނީ ލައިފް ސްކިލްސް ކްލާސްތަކާއި ދީނީ ކްލާސްތަކުގެ އިތުރުން ފުޓްޑްރިލްއާއި ޕީޓީ ކްލާސްތަކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް