Advertisement
ކ. މާލެ
|
4 ޖުލައި 2023 | އަންގާރަ 19:29
އެސްޓީއޯއާއި ހުޅުމާލެ ހޮސްޕިޓަލާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ
އެސްޓީއޯއާއި ހުޅުމާލެ ހޮސްޕިޓަލާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯގެ އެހީއާއެކު ހުޅުމާލޭ ހޮސްޕިޓަލުގެ އައިސީޔޫ އެނދުތައް 100 އިންސައްތަ އިތުރުކުރަނީ
ހުޅުމާލޭގައި މިހާރު ހުރީ ޖުމްލަ 17 އައިސީޔޫ އެނދު
އެސްޓީއޯއިން ހިންގާ މަޝްރޫއާއެކު އިތުރު 24 އައިސީޔޫ އެނދު ގާއިމް ކުރާނެ
ހުޅުމާލެ ހޮސްޕިޓަލަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖާގައިގެ ދަތިކަން

ހުޅުމާލޭ ހޮސްޕިޓަލުގެ އައިސީޔޫއާއި އެންއައިސީޔޫ ތަރައްގީކުރުމަށް އެސްޓީއޯއިން އެ ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އަންގާރަ ދުވަހު މެންދުރުފަހު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު، އަބްދުﷲ ސައީދެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ، މާރިޔާ ސައީދެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާއެކު، ހުޅުމާލޭ ހޮސްޕިޓަލުން ޚިދުމަތް ހޯދާ އަދަދު މިހާރު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. މީގެ 19 އަހަރު ކުރިން ޚިދުމަތް ދޭންފެށި އެ ހޮސްޕިޓަލުން އެކަށީގެންވާ ފުރިހަމަ ސިއްހީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަނުގެ ޖާގައިގެ ދަތިކަން ކަމުގައި އެ ހޮސްޕިޓަލުން ފާހަގަކުރެއެެވެ. އެ ހޮސްޕިޓަލުގައި މެންޓަލް ހެލްތުގެ ޚިދުމަތާއި، ކުޑަކުދީން ހެދިބޮޑުވުމުގައި ދިމާވާ ތަފާތު ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށް ވަކި ޚާއްސަ ސެންޓަރެއް ގާއިމްކުރެވި، އަދި ކެންސަރު ބަލީގެ ފަރާތްތަކަށް ޚިދުމަތް ދިނުމަށް އޮންކޮލޮޖީ ސެންޓަރު ފަދަ ތަފާތު އެކިއެކި އާ ޚިދުމަތްތައް ވަނީ ތައާރަފްކޮއްފައެވެ.

Advertisement

މިވަގުތު އިތުރުވަމުން އަންނަ ބޮޑު އާބާދީއަށް ކޭޓަރކުރުމަށް ހުޅުމާލޭގައި ހުރީ ޖުމްލަ 17 އައިސީޔޫ އެނދެވެ. ނަމަވެސް އެސްޓީއޯއިން ހިންގާ މި މަޝްރޫއާއެކު އިތުރު 24 އައިސީޔޫ އެނދާއެކު އެ ހޮސްޕިޓަލުގެ އައިސީޔޫ އެނދުގެ އަދަދު 100 އިންސައްތައަށް އިތުރުކުރެވިގެންދާނެއެވެ.

އެސްޓީއޯއިން ހިންގާ މި މަޝްރޫއު ނިމޭއިރު، ހުޅުމާލޭ ހޮސްޕިޓަލުގެ އައިސީޔޫ އަދި އެންއައިސީޔޫއަކީ އެންމެ ޒަމާނީ މެޑިކަލް ވަސީލަތްތަކާއެކު ސިއްހީ އާލާތްތަކާއެކު އިންޓެގްރޭޓް ވެފައިވާ، ކަސްޓަމައިޒްޑް ތަނެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ގާއިމްކުރެވިފައިވާ ސެންޓްރަލް ސްޓެރެލައިޒޭޝަން ޑިޕާޓްމަންޓަކީވެސް އެސްޓީއޯއިން ކުރިޔަށްގެންގޮސްފައިވާ މިފަދަ ކާމިޔާބު އެއް މަޝްރޫއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް