ކ. މާލެ
|
4 ޖުލައި 2023 | އަންގާރަ 13:04
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް
އެމްއެމްސީ
މީޑިއާ ކައުންސިލް
މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
 
ކައުންސިލުގެ މީޑިއާގެ މެމްބަރެއްގެ މަގާމު 10 ސެޕްޓެމްބަރ 2023 ވާ އާދީއްތަ ދުވަހަށް ހުސްވޭ
 
13 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ހުށަހެޅޭނެ

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މީޑިއާގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މީޑިއާ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ކައުންސިލުގެ މީޑިއާގެ މެމްބަރެއްގެ މަގާމު 10 ސެޕްޓެމްބަރ 2023 ވާ އާދީއްތަ ދުވަހަށް ހުސްވާ ކަމަށެވެ.

ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 ދައުރު އަދާ ނުކުރެވޭނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް މީޑިއާ ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ.

އޭގެ ތެރޭގައި ދިވެހިރައްޔިތަކު ކަމުގައިވުމާއި، އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުމާއި، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ފަދަ ޝަރުތުތައް ހިމެނެއެވެ.

މީޑިއާ ކައުންސިލުގެ މީޑިއާގެ މެންބަރުކަމަށް އެދޭ މީޑިއާތަކުން 13 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް