ކ. މާލެ
|
3 ޖުލައި 2023 | ހޯމަ 22:47
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ރައީސް އޮފީސް
އަމްރު ނޫސްވެރިންނަށް ފާޑު ވިދާޅުވުން
ނޫސްވެރިންނާމެދު ތުހުމަތުކުރަނީ ރާވައިގެން، އެފަދަ ފަރާތްތައް ބޮއިކޮޓްކުރަން ހިތްވަރު ދެން - އެމްޖޭއޭ
އެ އެސޯސިއޭޝަނުން ވަނީ އަމްރުގެ އެ ވާހަކަފުޅުތައް ކުށްވެރިކޮށްފައި
އަމްރު ވަނީ ބައެއް ނޫސްވެރިން ދެންނެވި ސުވާލުތަކާމެދު ހިތްޕުޅުހަމަނުޖެހި، އެއީ ރައީސް އޮފީހުން އަންގާ ހެޑްލައިނެއް ޖެހުމަށް ކުރަމުންދާ ސުވާލުތައް ކަމަށް ތުހުމަތުކުރައްވާފައި
ނޫސްވެރިންގެ ބޮލުގައި ސާބިތު ނުހިފޭ ސީރިއަސް ތުހުމަތު އަޅުވާތީ އެމްޖޭއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ނޫސްވެރިންނާމެދު ތުހުމަތުކުރަނީ ރާވައިގެން ކަމަށާއި، އެފަދަ ފަރާތްތައް ބޮއިކޮޓްކުރަން ހިތްވަރު ދޭ ކަމަށް މޯލްޑިވްސް ޖަރނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ބުނެފިއެވެ.

އެމްޖޭއޭއިން އެފަދައިން ބުނެފައިވަނީ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނަށް އަމާޒުކުރައްވައި، އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވަނީ ބައެއް ނޫސްވެރިން ދެންނެވި ސުވާލުތަކާމެދު ހިތްޕުޅުހަމަނުޖެހި، އެއީ ރައީސް އޮފީހުން އަންގާ ހެޑްލައިނެއް ޖެހުމަށް ކުރަމުންދާ ސުވާލުތައް ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ނޫސްތަކަށް ސަރުކާރުން ފައިސާ ދޭކަމަށް ތުހުމަތުކުރައްވައި އަމްރު ވަނީ, އެ ފައިސާއަކީ ރައްޔިތުންގެ ޓެކްސް ފައިސާ ކަމަށް ވިދާޅުވެފައެވެ. އަމްރު ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ބޮޑަށް ނޫސްވެރިންނަށް ފާޑު ވިދާޅުވެފައެވެ. މި ހަތަރު އަހަރު ތެރޭގައި ނޫސްވެރިކަމުގެ ދަރަޖަ ފަަހަތަށް ސޮއްސާލާފައި ވާކަމަށާއި، ނޫސްވެރިކަމުގައި ކުރިއެރުމެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ނޫސްތަކުގެ ވެރިން ތިބީ "ވިކިފައި" ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

އެކަމާ ގުޅިގެން އެމްޖޭއޭއިން ބުނީ، ނޫސްވެރިންގެ ބޮލުގައި ސާބިތު ނުހިފޭ ސީރިއަސް ތުހުމަތު އަޅުވާ ފަރާތްތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓްކުރުމަށް ނޫސްވެރިންނަށް އެ އެސޯސިއޭޝަނުން ހިތްވަރުދޭކަަމަށެވެ. އަދި ނޫސްވެރިންނަށް އަމާޒުކޮށް ކިޔާ ފާޑުކިޔުންތައް ވާންވާނީ ބިނާކުރުވަނިވި ފާޑުކިޔުންތަކަކަށް ކަމަށާއި، ނޫސްވެރިންނާމެދު ޒާތީވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

އެފަދަ ކަންކަން ކުރަނީ، ނޫސްވެރިންގެ މަަސައްކަތަކީ ގައުމަށް ބޭނުމެއް ނެތް ކަމެއްގެ ގޮތުގައި ދައްކައި، އާއްމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެއްދުމަށް ކަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އެ އެސޯސިއޭޝަނުން ވަނީ އަމްރުގެ އެ ވާހަކަފުޅުތައް ކުށްވެރިކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
4 ޖުލައި 2023 | އަންގާރަ 07:34
މުހައްމަދު
ނޫސްވެރިން ރައްޔިތުންނަށް އޮޅުން ނުއަރާވަރަށް ސާފުކޮށް ނޫސްވެރިކަމުގެ ހަމަތަކަށް ފެތޭގޮތަށް މުޖުތަމައުގެ ހަމަތައް ނުގެއްލޭގޮތަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުން ނޫސްވެރިންގެ އަގު އަރާނެ.