ކ. މާލެ
|
3 ޖުލައި 2023 | ހޯމަ 22:40
ސަންދްރޯ ޓޮނާލީ، މިލާނަށް ކުޅުނުއިރު ބޯޅަ ގޯލަށް ފޮނުވާލަނީ: ފޮޓޯ-ނިއުކާސަލް
ސަންދްރޯ ޓޮނާލީ، މިލާނަށް ކުޅުނުއިރު ބޯޅަ ގޯލަށް ފޮނުވާލަނީ: ފޮޓޯ-ނިއުކާސަލް
ޓޮނާލީ ނިއުކާސަލްއަށް
އިޓަލީގެ އޭސީ މިލާންގެ މިޑްފީލްޑަރު ނިއުކާސަލްއަށް
ޓޮނާލީ ސޮއިކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގައި

އޭސީ މިލާނަށް ކުޅެމުން އައި އިޓަލީގެ މިޑްފީލްޑަރު ސަންދްރޯ ޓޮނާލީ، އިނގިރޭސި ޕްރިމިއަރ ލީގުގެ ނިއުކާސަލް ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

ޓޮނާލީ ނިއުކާސަލް ޔުނައިޓެޑާއެކު ސޮއިކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގައެވެ. 23 އަހަރުގެ ޓޮނާލީ ވާނީ އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ވާދަކުރަން ތައްޔާރުވާ ނިއުކާސަލްއިން ގެނައި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ރިޕޯރޓްތައް ބުނާގޮތުން ޓޮނާލީ ވާނީ އިޓަލީގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. އޭނާ ގަތް އަގަކީ 55 މިލިއަން ޕައުންޑްކަޕަށް ރިޕޯރޓްތައް ބުނެއެވެ.

2020-2021 ވަނަ އަހަރުގެ ސީޒަންގައި އޭސީ މިލާނުން ސެރީއޭ ހޯދިއިރު ޓޮނާލީއަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އަދި މިދިޔަ ސީޒަންގައި މިލާން ޗެމްޕިއަންސް ލީގު ސެމީފައިނަލަށް ގެންގޮސްދިނުމުގައިވެސް މުހިއްމު ދައުރެއް އަދާކުރިއެވެ. އިޓަލީގެ 21 އަހަރުން ދަށުގެ ޔޫރޯ ޗެމްޕިއަންޝިޕް ޓީމުގައިވެސް އޭނާ ހިމެނެއެވެ.

ނިއުކާސަލްއަށް ސޮއިކުރުމަށްފަހު ޒުވާން މިޑްފީލްޑަރު ބުނެފައިވަނީ އޭނާއަށް ކުރި އިތުބާރުގެ ބަދަލު ދަނޑުމަތިން ދޭން ބޭނުންވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް