ކ. މާލެ
|
10 ސެޕްޓެންބަރ 2022 | ހޮނިހިރު 07:59
އޭސީ މިލާނުގެ އެއްބަސްވުމުގައި ޓޮނާލީ ސޮއި ކުރަނީ
އޭސީ މިލާނުގެ އެއްބަސްވުމުގައި ޓޮނާލީ ސޮއި ކުރަނީ
ޓޮނާލީގެ ކުރިމަގު
އޭސީ މިލާންއާއި އެކު ހަދާފައިވާ އެއްބަސްވުން ސަންޑްރޯ ޓޮނާލީ އައު ކޮށްފި
 
އައު އެއްބަސްވުމުގައި ވާ ގޮތުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޓޮނާލީ އޭސީ މިލާނުގައި މަޑުކުރާނެ

އިޓާލިއަން ލީގުގެ ޗެމްޕިއަން އޭސީ މިލާން އަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.

އޭސީ މިލާން އާއިއެކު ޓޮނާލީ ހަދާފައިވާ އެއްބަަސްވުމުގެ މުއްދަތު މީގެ ކުރިން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާ ގޮތަށެވެ. ނަމަވެސް އެ ޓީމުން ބޭނުންވީ ދިގު މުއްދަތަކަށް އޭނާ ޓީމުގައި ބަހައްޓާށެވެ. އެހެންކަމުން އޭސީ މިލާނުން ވަނީ ޓޮނާލީއަށް ދިގު މުއްދަތުގެ އެއްބަސްވުމެއް ހުށަހަޅާފައެވެ. އެއް އެއްބަސްވުން ޤަބޫލުކޮށް ޓޮނާލީ މިހާރު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އައު އެއްބަސްވުމުގައި ވާ ގޮތުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޓޮނާލީ އޭސީ މިލާނުގައި މަޑުކުރާނެއެވެ. އެ ކުލަބުން ދިގު މުއްދަތުގެ އެއްބަސްވުމެއް އޭނާ އަށް ހުށަހެޅުމުގެ ބޭނުމަކީ، އޭނާ އަކީ ކުލަބުގެ މުސްތަގުބަލަށް މުހިންމު ކުޅުންތެރިޔެއްގެ ގޮތުގައި އެ ކުލަބުގެ އިސްވެރިން ދެކޭތީ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޓޮނާލީ އެންމެ ފުރަތަމަ އޭސީ މިލާންއާ 2020 ވަނަ އަހަރު ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ އެއް އަހަރު ފަހުން 2021 ވަނަ އަހަރު އޭނާ ވަނީ އެ ކުލަބާއެކު ދާއިމީ އެއްބަސްވުމެއް ހަދާފައެވެ. ޓޮނާލީ ވަނީ އޭސީ މިލާނަށް މިހާތަނަށް ކުޅެދިން 87 މެޗުގައި ފަސް ލަނޑު ޖަހާފައެވެ. އޭނާ ވަނީ އެ ޓީމާއެކު އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް