ކ. މާލެ
|
3 ޖުލައި 2023 | ހޯމަ 14:03
ސްޓޯރީޓެލާސް ކޮންފަރެންސް
ސްޓޯރީޓެލާސް ކޮންފަރެންސް
އެމްއެމްޕީއާރްސީ
ސްޓޯރީޓެލާސް ކޮންފަރެންސް
ސްޓޯރީޓެލާސް ކޮންފަރެންސްގެ ތެރެއިން ދިވެހިންގެ ސަގާފީ މިއުޒިކާއި ކެއުންތައް ދައްކާލައިފި
ރާއްޖޭގެ މީރު ކެއުންތަކުގައި ކަނޑުމަހުގެ މުހިންމުކަން ދައްކައިދީފައިވޭ
ކަނޑުމަހުގެ މަސްވެރިކަމުގެ ތާރިހާއި ރާއްޖޭގެ ކެއިންބުއިމުގެ ސަޤާފަތާއި އާދަކާދަ ގުޅިފައިވާ މިންވަރު ހާމަކޮށްދީފައިވޭ

މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން "ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023" ގައި "ފްރޮމް ދަ ސީ ޓު ދަ ސްކިލެޓް" ގެ ނަމުގައި ހިތްގައިމު މިއުޒިކާއި މީރު ކެއުންތަކުން ފުރިފައިވާ ސެޝަނެއް ބާއްވައިފިއެވެ.

ރާއްޖޭގެ ކެއުންތަކާއި މަސްވެރިކަމާއި ބެހޭ މި ސެޝަނަކީ މި ކޮންފަރެންސްގައި ބޭއްވި ތިން ސެޝަންގެ ތެރެއިން އެއް ސެޝަނެވެ. އެމްއެމްޕީއާރުސީއިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ސެޝަންގައި ބައިވެރިންނަށް މަސްވެރިކަމުގެ ދެމެހެއްޓެނިވި އުސޫލުތަކާއި ރާއްޖޭގެ މީރު ކެއުންތަކުގައި ކަނޑުމަހުގެ މުހިންމުކަން ދެނެގަތުމުގެ ފުރުސަތު ލިބިގެންދިޔައެވެ. މި ސެޝަން ކުރިއަށްގެންދިޔައީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިންނެވެ.

އެޓޯލް ވިލާ ސޭންޑްބޭންކަށް އާދެވުމާއެކު ބައިވެރިންނަށް މަރުހަބާ ކިޔާފައިވަނީ ބޮޑުބެރު މިއުޒިކުގެ ގުގުމާލާ ރާގުތަކުންނެވެ. އެ އަޑުތަކާއި ސޭންޑްބޭންކްގެ ރީތި މަންޒަރުންތަކުންމަޢުލޫމާތުން ފުރިފައިވާ މި ސެޝަންގެ ރާގު ކަނޑައެޅިގެން ދިޔައެވެ. މިފްކޯގެ ހުށަހެޅުމުގައ،ި ކަނޑުމަހުގެ މަސްވެރިކަމުގެ ތާރިހާއި ރާއްޖޭގެ ކެއިންބުއިމުގެ ސަޤާފަތާއި އާދަކާދަ ގުޅިފައިވާ މިންވަރު ހާމަކޮށްދީ، ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމާއި މަސްވެރިކަމުގެ ތާރީޚަށް ފުންކޮށް ބަލައިލުމުގެ ފުރުސަތު ވަރަށް ފުރިހަމައަށް ބައިވެރިންނަށް ދީފައިވެއެވެ.

ރާއްޖޭގެ ދޮށީގެ މަސްވެރިކަނ،ް 'ޕޯލް އެންޑް ލައިން ފިޝިންގް' އަކީ މުޅި ދުނިޔޭގައި ވެސް ނަކަލުކުރެވިދާނެ ދެމެހެއްޓެނިވި މަސްވެރިކަމުގެ ނަމޫނާއެއްކަން ބައިވެރިންނަށް އަންގައިދިނެވެ. އަދި ސަގާފީ މަސް ކެނޑުމުގެ ހުނަރުތައް ބަލާލުމުގެ ފުރުސަތާއެކު، ކާބަފައިންގެ އިރުން ފެށިގެން މަސް ކެނޑުމުގައި ދިވެހިން ގެންގުޅޭ އަމިއްލަ ޓެކްނީކްތައް ދަސްކުރުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ލިބުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް