ކ. މާލެ
|
3 ޖުލައި 2023 | ހޯމަ 13:02
ފްރާންސްގެ ހާލެސް ރޯސެސްގެ މޭޔަރު ވިންސެންޓް ޖީންބްރަން
ފްރާންސްގެ ހާލެސް ރޯސެސްގެ މޭޔަރު ވިންސެންޓް ޖީންބްރަން
ރޮއިޓާރސް
ފްރާންސް މުޒާހަރާ
ފްރާންސް މުޒާހަރާ: މޭޔަރުގެ ގެކޮޅަށް ގެއްލުންދީ އަނބިކަނބަލުންނާއި ދަރިންނަށްވެސް ޙަމަލާދީފި
 
މިއީ ކުޑަ ފިރިހެން ކުއްޖެއްގެ ގަޔަށް ފުލުހުން ބަޑިޖަހައި މަރާލި މައްސަލައާ ގުޅިގެން ކުރަމުންދާ މުޒަރަހާތަަކެއް
 
މިއީ ގަސްތުގައި މީހަކު މަރާލުމަށް މަސައްކަތް ކުރުމުގެ ކުށެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރާނެ
 
ސަރުކާރުން ވަނީ އެ ގައުމުގެ ހަމަޖެހުމާއި އަމަން ގާއިމްކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށް ބުނެފައި

ފްރާންސްގެ ހާލެސް ރޯސެސްގައި މިހާރު ހިނގަމުންދާ މުޒާހަރާތައް ހޫނުވެ، މުޒާހަރާގެ ބައިވެރިން އެ ސަރަޙައްދުގެ މޭޔަރުގެ ވިންސެންޓް ޖީންބްރަން ގެކޮޅަށް ގެއްލުން ދީފިއެވެ.

ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ދަންވަރުގެ ވަގުތެއްގައި މުޒާހަރާގެ ބައިވެރިން މޭޔަރުގެ ގެކޮޅަށް ގޮވާ ޒާތުގެ އެއްޗެއްސާއި ގާ ފަދަ އެއްޗެހި އުކާފައިވާއިރު، އޭރު މޭޔަރުގެ އަނބިކަނބަލުންނާއި ދަރިން ތިބީ ގޭގައި ނިދާފައެވެ.

އޭރު މޭޔަރު ހުންނެވީ ގެކޮޅުގައެއް ނޫނެވެ.

އެހިސާބުން ވިންސެންޓުގެ އަނބިކަނބަލުން ވަނީ އެމީހުންގެ 5 އަހަރާއި 7 އަހަރުގެ ދެ ދަރިން ގޮވައިގެން ގޭގެ ފަހަތު ދޮރުން ނުކުމެފައެވެ. އެހިސާބުން އެމީހުންނަށް އަމާޒުކޮށްވެސް ގޮވާތަކެތި އުކާފާއިވާއިރު، އެ ޙަމަލާތަކުން ދަރިން ސަލާމަތްކޮށް އެތަނުން ފިލަން އުޅުމުގެ ތެރޭގައި އޭނާގެ ފައި ވަނީ ބިންދައިގެން ގޮސްފައެވެ.

އަދި މި ޙާދިސާގައި އެމީހުންގެ ހަގު ދަރިފުޅަށްވެސް ވަނީ އަނިޔާތަކެއް ވެފައެވެ.

މިއީ ގަސްތުގައި މީހަކު މަރާލުމަށް މަސައްކަތް ކުރުމުގެ ކުށެއްގެ ގޮތުގައި ބަލައި ތަހުގީގީ އިދާރާތަކުން ވަނީ މިހާރު މި މައްސަލައިގެ ތަހުގީގެއް ފަށާފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މި މުޒާހަރާތަކަކީ ފްރާންސްގައި ކުޑަ ފިރިހެން ކުއްޖެއްގެ ގަޔަށް ފުލުހުން ބަޑިޖަހައި މަރާލި މައްސަލައާ ގުޅިގެން ކުރަމުންދާ މުޒަރަހާތަަކެވެ.

މި ހާދިސާއަށްފަހު އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ބައިލައްކައަށްވުރެ ގިނަ ފުލުހުން މަގުތަކަށް ނެރެފައިވާއިރު، އެތައް ބަޔަކު ވަނީ މިހާތަނަށް ހައްޔަރު ކޮށްފައެވެ.

އެ ކުއްޖާ މަރާލާފައިވަނީ، އޭނާއަށް ޓްރެފިކް ޕޮލިހުން މަޑުކުރަން އެންގުމުން މަޑު ނުކޮށް ދިއުމުން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުއެވެ.

ފްރާންސްގެ ސަރުކާރުން ވަނީ އެ ގައުމުގެ ހަމަޖެހުމާއި އަމަން ގާއިމްކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށް ބުނެފައެވެ.

އަދި ހަމަޖެހުން ނަގާލަން ފުރުސަތު ނުދޭނެ ކަމަށްވެސް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ހަމައެހެންމެ އެއްވެސް ސިފައެއްގައި އަނިޔާވެރި އަމަލުތަކާއި ތަކެއްޗަށް ގެއްލުންދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް