ކ. މާލެ
|
3 ޖުލައި 2023 | ހޯމަ 11:55
ފުލުހުން ބަންދުކޮށްފައިވާ މަގެއް
ފުލުހުން ބަންދުކޮށްފައިވާ މަގެއް
މޯލްޑިވްސް ޕޮލިސް ސާރވިސް
އެކްސިޑެންޓާއި ގުޅިގެން މީހަކު ހައްޔަރުކުރުން
އަޟްހާ އީދު ދުވަހުގެ ފަތިހު ހިނގި އެކްސިޑެންޓާއި ގުޅިގެން ސައިކަލު ދުއްވަން އިން މީހާ ހައްޔަރުކޮށްފި
އަނިޔާވެފައިވަނީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒަށް
އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވޭ

އަޟްހާ އީދު ދުވަހުގެ ފަތިހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ސައިކަލު ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.

ޖޫން މަހުގެ 28 ވީ ބުދަ ދުވަހުގެ ފަތިހު މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެފައިވަނީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒަށެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުން ބުނީ ސައިކަލު ދުއްވި މީހާ ކޯޓު އަމުރެއްގެ ދަށުން ހޯމަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހީނާމާގޭ ޕާކިން ޒޯނު ކައިރީގައި ހުންނަ މިސްކިތަށް އަރައި ފަތިސް ނަމާދުކޮށް ހަފީޒް ފައިބައިގެން ދަނިކޮށްނެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ސައިކަލު ދުއްވާފައި އައީ ވަރަށް ބާރަށެވެ. އަދި ހަފީޒުގެ ގައިގައި ސައިކަލު ޖެހުމުން އޭނާ ވަރަށް ދުރަށް ވިއްސާގެން ދިޔަ ކަމަށް ބުނެފައިވެއެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓް އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް