އައްޑޫ ސިޓީ
|
3 ޖުލައި 2023 | ހޯމަ 07:06
އައްޑޫ ސިޓީ މަރަދޫފޭދޫ
އައްޑޫ ސިޓީ މަރަދޫފޭދޫ
އަޙްމަދު ފާރިސް
މަރަދޫފޭދޫ އިންޑޯރ ވޮލީ ކޮމްޕްލެކްސް
މަރަދޫފޭދޫގައި އިންޑޯރ ވޮލީ ކޮމްޕްލެކްސްއެއް ޤާއިމުކުރަނީ!
ބީލަން ހުޅުވުން އޮންނާނީ 2023 ޖުލައި 20 ވާ ބުރާސްފަތި ދުވަހު

އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުގައި އިންޑޯރ ވޮލީ ކޮމްޕްލެކްސްއެއް ޤާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2023 ޖުލައި 02 ވާ އާދީއްތަ ދުވަހުގެ 11:00 އިން ފެށިގެން 2023 ޖުލައި 06 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ހަމަޔަށް ސިޓީ ކައުންސިލުން ގަންނަން ލިބެން ހުންނާނެ ކަމަށާއި އަދި މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 20،000.00ރ (ވިހި ހާސް ރުފިޔާ) ހުށަހަޅަން ޖެހޭއިރު، ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެ ކަމަށް އިއުލާނުގައިވެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ.

ބީލަންތައް ބަލައިގަތުމާއި އަދި ބީލަން ހުޅުވުން އޮންނާނީ 2023 ޖުލައި 20 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. އައްޑޫސިޓީ ކައުންސިލުން ބުނީ ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް