ކ. މާލެ
|
2 ޖުލައި 2023 | އާދީއްތަ 11:50
ނޫސްވެރިކަމުގެ އިނާމު 2020 ގެ ތެރެއިން
ނޫސްވެރިކަމުގެ އިނާމު 2020 ގެ ތެރެއިން
މިހާރު
އެމްއެމްސީ އެވޯޑު
އެމްއެމްސީން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
 
އެމްއެމްސީން ވަނީ މައިގަނޑު 12 ދާއިރާއަކުން އެވޯޑު ދިނުމަށް ނިންމާފައި
 
އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ ދެ ކެޓަގަރީއަކުން
 
އިއުލާނުގެ މުއްދަތު 23 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 13:00 އަށް އިތުރު ކުރެވިފައިވޭ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެމްއެމްސީން ނޫސްވެރިކަމުގެ އިނާމަށް ނަން ހުށައެޅުމަށް ހުޅުވާލީ 08 ޖޫން 2023 ގައެވެ. އެ އިއުލާނުގެ މުއްދަތު 23 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 13:00 އަށް އިތުރު ކުރެވިފައިވާކަމަށް މީޑިއާ ކައުންސިލުން މައުލޫމާތު ދެއެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ ދެ ކެޓަގަރީއަކުންނެވެ. އެއީ ނޫސްމަޖައްލާ ކެޓަގަރީއާއި ބްރޯޑްކާސްޓިންގ ކެޓަގަރީއެވެ.

އެމްއެމްސީން ވަނީ މައިގަނޑު 12 ދާއިރާއަކުން އެވޯޑު ދިނުމަށް ނިންމާފައެވެ. 

  1. ތަޙްޤީޤީ ނޫސްވެރިކަން
  2. ދެމެހެއްޓެނިވި ތަރައްޤީ އާއި އިޖުތިމާޢީ
  3. ސިޔާސީ
  4. ޝަރުޢީ އަދި ޤާނޫނީ
  5. ވިޔަފާރިއާއި އިޤުތިޞާދު
  6. ކުޅިވަރު
  7. ފޮޓޯ ޖާރނަލިޒަމް
  8. ވީޑިއޯ ޖާރނަލިޒަމް
  9. ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
  10. ފީޗަރ
  11. އުންމީދީ ނޫސްވެރިޔާ
  12. އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ

މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު، އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމުންނެވެ.

މި ތިން ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވެއެވެ.

އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ޖުލައި 23 ވާ އާދިއްތަ ދުވަހު ގެ މެންދުރުފަހު 1 ގެ ކުރިން އިނާމަށް އެދި ހުށަހަޅާ ފޯމު، ކައުންސިލަށް ހާޒިރުވެގެން ނުވަތަ އީމެއިލުން މެދުވެރިކޮށް ހުށަހެޅުމަށް އެމްއެމްސީން ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް