ކ. މާލެ
|
1 ޖުލައި 2023 | ހޮނިހިރު 18:58
ފްރާންސްގައި ހަމަނުޖެހުންތައް ހުއްޓުވުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން
ފްރާންސްގައި ހަމަނުޖެހުންތައް ހުއްޓުވުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން
ފްރާންސްގައި ފުލުހުން ކުޑަކުއްޖަކު މަރާލުން
ފްރާންސްގައި ފުލުހުން ކުޑަކުއްޖަކު މަރާލުން: މުޒާހަރާތައް ހޫނުވެ، 900އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި
 
މި ހާދިސާއަށްފަހު އެ ގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން 45،000ށްވުރެ ގިނަ ފުލުހުން މަގުތަކަށް ނެރެފައިވޭ
 
ފުލުހުން 17 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑިޖަހައި މަރާލި މައްސަލާގައި މުޒާހަރާ ކުރަމުން ދަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން
 
ފްރާންސްގެ ސަރުކާރުން ވަނީ، އެ ގައުމުގެ ހަމަޖެހުމާއި އަމަން ގާއިމްކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ބުނެފައި

ފްރާންސްގައި ކުޑަ ފިރިހެން ކުއްޖެއްގެ ގަޔަށް ފުލުހުން ބަޑިޖަހައި މަރާލި މައްސަލައާ ގުޅިގެން ކުރަމުންދާ މުޒަރަހާތަައް ހޫނުވެ، 900އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ހުކުރު ދުވަހު މީޑިއާތަކަށް ވިދާޅުވީ މި ހާދިސާއަށްފަހު އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން 45،000ށްވުރެ ގިނަ ފުލުހުން މަގުތަކަށް ނެރެފައިވާކަމަށެވެ.

ފްރާންސްގެ ސަރުކާރުން ވަނީ އެ ގައުމުގެ ހަމަޖެހުމާއި އަމަން ގާއިމްކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށް ބުނެފައެވެ. އަދި ހަމަޖެހުން ނަގާލަން ފުރުސަތު ނުދޭނެ ކަމަށްވެސް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ. ފްރާންސްގެ ޕެރިހުގައި ފުލުހުން 17 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑިޖަހައި މަރާލި މައްސަލާގައި މުޒާހަރާ ކުރަމުން ދަނީ މިދިޔަ ބުދަ ދުވަހުން ފެށިގެންނެވެ. ހަމައެހެންމެ އެއްވެސް ސިފައެއްގައި އަނިޔާވެރި އަމަލުތަކާއި ތަކެއްޗަށް ގެއްލުންދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

އެ ކުއްޖާ މަރާލާފައިވަނީ، އޭނާއަށް ޓްރެފިކް ޕޮލިހުން މަޑުކުރަން އެންގުމުން މަޑު ނުކޮށް ދިއުމުން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުއެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން، އެ ކުއްޖާ ދުއްވަން އިން ކާރާ ދިމާއަށް ފުލުހުންގެ އޮފިސަރަކު ބަޑި ދިއްކޮށްގެން ހުންނަ މަންޒަރު ފެނެއެވެ. އޭގެ އިރުކޮޅެއް ފަހުން ބަޑި ޖަހާ އަޑު އިވެއެވެ.

މުޒާހަރާތަކުގެ ބައިވެރިން ދަނީ ކާރާއި ބިލްޑިންގުތަކަށް ގެއްލުންދީ، ހުޅުޖެހުމުގެ އަމަލުތައް ހިންގަމުންނެވެ. މިއީ 2018 ވަނަ އަހަރު ފްރާންސްގައި ކުރިއަށް ގެންދިޔަ ޔެލޯ ވެސްޓް ޕްރޮޓެސްޓަށްފަހު އެ ގައުމުގައި ކުރިއަށްދާ މިފަދަ އެންމެ ބޮޑު ހަމަނުޖެހުން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަހެލްގެ މަރާއެކު، ފްރާންސްގައި ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމަށް ގޮވާލައި އާއްމުން ވަނީ އެކަމާ ނުރުހުން ފާޅުކުރުމަށް މަގުތަކަށް ނުކުމެފައެވެ. ހުކުރު ދުވަހު އެކަނިވެސް 80އަށްވުރެ ގިނަ މީހުން، ހަމަނުޖެހުންތަކާއި މުޒާހަރާތަކާ ގުޅިގެން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންނާއި އާއްމުންނަށްވެސް އެކިވަރުގެ އަނިޔާތައް މި މުޒާހަރާތަކުގައި ވަނީ ލިބިފައެވެ. މީގެ އިތުރުން މި ދަނޑިވަޅާ ދިމާކޮށް ލޫޓުވުމުގެ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

އެގޮތުން ހުކުރު ދުވަހު، އެޕްލްސް ސްޓޯރަކާއި ކެސީނޯތަކުގެ އިތުރުން ސުޕަރމާކެޓްތައް ލޫޓުވުމުގެ މައްސަލަތަކެއް ވަނީ ރިޕޯޓްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް