ކ. މާލެ
|
30 ޖޫން 2023 | ހުކުރު 06:02
އިންޑިއާ އިން އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބުކުރުން
އިންޑިއާ އިން އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބުކުރުން
އީއެސްޕީއެން
އިންޑިއާ ފުޓުބޯޅަ ޓީމު
އިންޑިއާ ދުނިޔޭގެ ގަދަ 100 އަށް، އޭއެފްސީ ރޭންކިންގައިވެސް ކުރިއެރުމެއް
އިންޑިއާ މިހާރު އޮތީ ދުނިޔޭގެ ރޭންކިންގެ 100 ވަނައިގައި
އިންޑިއާ ވަނީ އޭއެފްސީ ރޭންކިންގެ 18 ވަނައަށް ވެސް ޖެހިލާފައި

ފީފާ ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގައި އިންޑިއާ ރަސްމީކޮށް ހިމެނިއްޖެ އެވެ.

އިންޓަކޮންޓިނެންޓަލް ކަޕާއި ސާފް ޗެމްޕިއަންޝިޕްގައި ޖޫން މަހު ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ ދެ މެޗުން އެއްވަރުވުމުން އިންޑިއާއަށް ރޭންކިން ޕޮއިންޓްގެ ގޮތުގައި 4.24 ޕޮއިންޓް ވަނީ ލިބިފައެވެ. އެ ޓީމު މިހާރު އޮތީ ދުނިޔޭގެ ރޭންކިންގެ 100 ވަނައިގައެވެ.

ރަނގަޅު ނަތީޖާތަކާއެކު އިންޑިއާ ވަނީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ ރޭންކިންގެ 18 ވަނައަށް ވެސް ޖެހިލާފައެވެ. މިކަމުގެ ސަބަބުން މި މަހު ފަހުކޮޅު ބާއްވާ ވޯލްޑް ކަޕް ކޮލިފައިންގެ ޑްރޯގައި އެ ޓީމަށް ފައިދާ ކުރާނެއެވެ. އިންޓަކޮންޓިނެންޓަލް ކަޕްގެ ފައިނަލުގައި އިންޑިއާ އަތުން ލުބްނާން ވަނީ ބަލިވެފައެވެ. މި ބައްޔާއެކު ލުބްނާން ވަނީ އިންޑިއާގެ ފަހަތުން 19 އަށް ވެއްޓިފައެވެ.

އޭގެ މާނައަކީ ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރުގެ މެޗު އެއްވަރުވުމުން ޕޮޓް 2 ގައި އިންޑިއާ އޮންނާނެ ކަމަށް ބެލެވޭއިރު، ލުބްނާން ޕޮޓް 3 އަށް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ. އަންނަ ހޮނިހިރު ދުވަހު ބެންގަލޫރުގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި އިންޑިއާ އާއި ލުބުނާން ބައްދަލުކުރާ މެޗާއެކު އެކަން ބަދަލުވުމުގެ ޖާގަ އަދިވެސް އެބައޮތެވެ. އެކަމަކު ރޭންކިންގައި ލުބްނާނުގެ މައްޗަށް އިންޑިއާ އަށް 3.16 ޕޮއިންޓްގެ ފައިދާއެއް ލިބުމަކީ އެ ޓީމަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށް ބެލެވެއެވެ.

އިންޓަކޮންޓިނެންޓަލް ކަޕް ފައިނަލުގައި ލުބުނާން އަތުން 2-0 އިން އިންޑިއާ މޮޅުވި އިރު، އެއީ މިދިޔަ މަހު ލިބުނު އެންމެ މުހިންމު ނަތީޖާއެވެ.

- ކޮމެންޓް