ކ. މާލެ
|
26 ޖޫން 2023 | ހޯމަ 12:55
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ރާއްޖެއެމްވީ
ވަގުފު އިމާރާތުގެ މަސައްކަތް
ހުޅުމާލޭގައި ގާއިމްކުރާ ވަގުފު އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް އުންމީދުކުރަން: އިސްލާމިކް މިނިސްޓްރީ
އެ އިމާރާތުގެ ކުރެހުން ވަނީ ނިމިފައި
މިއަހަރުގެ ތެރޭގައި ޓެންޑާ ކުރެވޭނެ

ހުޅުމާލޭގައި ގާއިމްކުރާ ވަގުފު އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަހްމަދު އަދީލް ވިދާޅުވީ ވަގުފުގެ ދާއިރާއަކީ ރާއްޖޭގައި ތަރައްގީވަމުން އަންނަ ދާއިރާއެއް ކަމަށާއި، އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހުޅުމާލޭގައި ވަގުފު އިމާރާތެއް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

އަދީލް ވިދާޅުވީ ވަގުފު އިމާރާތް އެޅުމަށް ހުޅުމާލޭގެ ބިން ހަމަޖެހިފައިވާ ކަމަށާއި، އަމަލީ މަސައްކަތް ފެށުމަށްވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެ އިމާރާތުގެ ކުރެހުން ނިމި، އިތުރު ޓެންޑަރިންނަށް ދިއުމަށްޓަކައި ބޭނުންވާ ލިޔެކިއުންތައް ތައްޔާރުކުރެވި މިހާރު ޓެންޑާ ބޯޑަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އަދީލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަހަރުގެ ތެރޭގައި ޓެންޑާ ކުރެވި މަސައްކަތް ފަށައިގަނެވޭނެ ކަމަށެވެ.

މީގެ އިތުރުން އަދީލް ވިދާޅުވީ ވަގުފު އިމާރާތުން ލިބޭ ފައިސާ ހަރަދުކުރާނީ ދީނީ އެކިއެކި ހަރަކާތްތައް ހިންގުމަށާއި، މިސްކިތްތައް ބެލެހެއްޓުމާއި، މަރާމާތު ކުރުމަށް ކަމަށެވެ. ދާރުލް އީމާނުގެ ނަމުގައި ބިނާކޮށްފައިވާ އިމާރާތަށް އިޝާރަތް ކުރައްވައި އަދީލް ވިދާޅުވީ އެ އިމާރާތަކީ މިސްކިތުގެ ފަންޑަށް ޚާއްސަކުރެވިފައިވާ އިމާރާތެއް ކަމަށެވެ.

ހުޅުމާލޭގައި ބިން ވެސް މިވަނީ ކަނޑައެޅިފައި. ހުޅުމާލޭގައި އިމާރާތެއް ކުރުމަށް ތައްޔާރުވަމުން މިދަނީ. އެއިމާރާތުގެ ކުރެހުން މިވަނީ ނިމިފައި. އިތުރު ޓެންޑަރިންނަށް ދިއުމަށްޓަކައި ބޭނުންވާ ޑޮކިއުމަންޓްސް ތައްޔާރުކުރެވި މިހާރު ޓެންޑާ ބޯޑަށް ހުށަހެޅުމުގެ މަގުމަތީގައި މިވަނީ . އުންމީދުކުރަނީ މިއަހަރުގެ ތެރޭގައި ޓެންޑާ ކުރެވި މަސައްކަތް ފަށައިގަނެވޭނެ ކަމަށް.
އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަހްމަދު އަދީލް

އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ކުރިން މާލޭގައި ވަގުފް އިމާރާތެއް ބިނާކޮށްފައެވެ. ދާރުލް އީމާނުގެ ނަމުގައި ބިނާކޮށްފައިވާ އެ އިމާރާތް ޚާއްސަކޮށްފައި ވަނީ މިސްކިތު ފަންޑަށެވެ. އެތަނުން ފައިސާ ޚަރަދު ކުރަނީ މިސްކިތްތަކަށެވެ. މިހާރު ހުރި ވަގުފް އިމާރާތުގެ އިތުރުން އެހެން އިމާރާތެއް އެޅިއްޖެކަމަށްވާނަމަ ދައުލަތުން މިސްކިތްތަަކަށް ކުރާ ޚަރަދު ކުޑަވެގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް