Advertisement
ކ. މާލެ
|
26 ޖޫން 2023 | ހޯމަ 09:54
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު
ރާއްޖެއެމްވީ
އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަސް
ރައީސް ސާލިޙު އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެ
މި ޕާޓީން ވަނީ ޑިމޮކްރަސީ ރާއްޖެއަށް ގެނައުމުގައި ގިނަ މަސައްކަތްތައް ކޮށްފައި
އެ ޕާޓީ އާއި، ޕާޓީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށް ކަމަށް ވިދާޅުވި
ޕާޓީ ރަޖިސްޓްރީ ކުރީ 26 ޖޫން 2005 ގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ 18 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ޕާޓީގެ ހުރިހާ މެންބަރުންނަށް އަރިސްކުރައްވާފައެވެ.

Advertisement

ރައީސް ވިދާޅުވީ، މާތް للهގެ ހެޔޮ ރަޙްމަތްފުޅާއެކު އެ ޕާޓީ އާއި، ޕާޓީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށް ކަމަށެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަށްވުރެ ވަކިބޮޑު ސިޔާސީ މިލްކިއްޔާތެއް ދިވެހިން އުފައްދާ، ދިރުވާ އާލާކޮށް ދަމަހައްޓާފައެއް ނެތް ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

26 ޖޫން 2005 ގައި ރަޖިސްޓްރީ ކުރި އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު، އެ ޕާޓީން ވަނީ ޑިމޮކްރަސީ ރާއްޖެއަށް ގެނައުމުގައި ގިނަ މަސައްކަތްތައް ކޮށްފައެވެ.

މީގެ އިތުރުން 2018 ގައި ބޭއްވި ރިޔާސީ އިންތިޚާބާއި، 19 ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައެވެ. އަދި ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާއެކު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ވެސް އެމްޑީޕީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް