ކ. މާލެ
|
25 ޖޫން 2023 | އާދީއްތަ 08:30
ޓައިޓަން ސަބްމަރސިބަލް
ޓައިޓަން ސަބްމަރސިބަލް
ރޮއިޓާސް
ޓައިޓަން ސަބްމަރސިބަލް
ޓައިޓަން ސަބްމަރސިބަލް ގޮވި ސަބަބު ހޯދަނީ
އެތެރެއަށް ވާގޮތަށް، ޓައިޓަން ގޮވާފައިވަނީ ދަތުރުގެ ކުރީކޮޅުގައި ކަމަށް ބެލެވޭ

ޓައިޓަން ސަބްމަރސިބަލް ގޮވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެ.

ކެނެޑާގެ އިންވެސްޓިގޭޓަރުން ވަނީ ޓައިޓަން ސަބްމަރސިބަލް ލޯންޗުކުރުމަށް ބޭނުންކުރި ސަޕޯޓް ޝިޕް "ޕޯލާ ޕްރިންސް"އަށް އަރައި، ޓައިޓަން ސަބްމަރސިބަލް ގޮވުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް މަސައްކަތް ފަށާފައެވެ.

ހާޑް ހެޓްތަކާއި ހައި ވިޒިބިލިޓީ ޖެކެޓްތަކުގައި އިންވެސްޓިގޭޓަރުން ވަނީ ބޯޓަށް އަރާފައެވެ.

ޕޯލާ ޕްރިންސްއަކީ ޓައިޓަންގެ ސަޕޯޓް ވެސެލް ކަމަށާއި، ސެއިންޓް ޖޯންސްއާ ގާތްގަނޑަކަށް 400 މޭލު ދުރުގައި ހުކުރު ދުވަހު ޑައިވްކުރި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނޯތު އެޓްލާންޓިކް ކަނޑުގެ ސަރަހައްދަށް ސަބްމަރސިބަލް ޓޯކޮށްގެން ނެރުނީވެސް ޕޯލާ ޕްރިންސެވެ.

ޑައިވް ކުރިތާ ގާތްގަނޑަކަށް އެއް ގަޑިއިރާއި 45 މިނެޓް ފަހުން ކޮންޓެކްޓް ގެއްލުމުން، ޓައިޓަން ހޯދުމުގެ މަސައްކަތުގައިވެސް ބައިވެރިވި ޕޯލާ ޕްރިންސްގެ ބޯޓުގައި ތިބީ ސަޕޯޓް ޓީމުގެ މެމްބަރުންނާއި މަރުވި މީހުންގެ އާއިލާގެ ބައެއް މެމްބަރުންނެވެ.

ކެނެޑާއިން ވަނީ ސަލާމަތީ ތަހުގީގެއް ފަށާފައިވާކަން ހުކުރު ދުވަހު އިއުލާންކޮށްފައެވެ. އެހެން ގައުމުތަކުގެ ސަރުކާރުގެ އިދާރާތަކުން ވެސް ބައިވެރިވެދާނެ ކަމަށާއި ނަމަވެސް ތަހުގީގު ކުރިއަށްގެންދާނީ ކޮން މުއައްސަސާއަކުން ކަމެއް މި މަރުހަލާގައި ސާފެއް ނުވެއެވެ.

ޓައިޓަން ސަބްމަރސިބަލް ގޮވި ޚަބަރު ފެތުރިގެން ދިޔަފަހުން އިންޑަސްޓްރީގެ ތަޖުރިބާކާރުން ވަނީ، މީގެ ކުރިން އޯޝަންގޭޓުގެ ރައްކާތެރިކަމުގެ އުސޫލުތަކާމެދު ސުވާލު އުފައްދާފައެވެ. 22 ފޫޓުގެ ސަބްމަރސިބަލްއިން 5 މީހުން ދަތުރުކުރިއެވެ.

- ކޮމެންޓް