ކ. މާލެ
|
24 ޖޫން 2023 | ހޮނިހިރު 13:14
ނައިބު ރައީސް ފައިސަލް، މަދީނާގައި ކިޔަވާ ދިވެހި ދަރިވަރަކާ ސަލާމް ކުރައްވަނީ
ނައިބު ރައީސް ފައިސަލް، މަދީނާގައި ކިޔަވާ ދިވެހި ދަރިވަރަކާ ސަލާމް ކުރައްވަނީ
ރައީސް އޮފީސް
މަދީނާގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކުރެއްވުން
ނައިބު ރައީސް، މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފި
ކިޔެވުން ކުރިއަށްދާ ގޮތާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ސައޫދީ އަރަބިއްޔާގެ މަދީނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ މަދީނާގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ކުރިއަށްދާ ގޮތް އޮޅުންފިލުއްވަވައި ކިޔެވުން ކުރިއަށްދާ ގޮތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސްގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރާއި، ހެލްތު މިނިސްޓަރު އަހްމަދު ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނައިބު ރައީސް މަދީނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވާފައި މިވަނީ، 1444 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ސައޫދީއަށް ކުރައްވާ ދަތުރުފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ، މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުރައީސް ކަނޑައަޅުއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް