ކ. މާލެ
|
22 ޖޫން 2023 | ބުރާސްފަތި 22:48
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް
ނައިބު ރައީސް ހައްޖަށް ވަޑައިގަތުން
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފުރާވަޑައިގެންފި
އެމަނިކުފާނު ފުރާވަޑައިގެންފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި
މިއަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ އެންމެ ފަހު ފްލައިޓު ފުރާފައިވަނީ މި އަހަރުގެ 19 ވަނަ ދުވަހު
މިމަހުގެ 13، 15، 16 އަދި 19ގައި ހައްޖުވެރިން ވަނީ ފުރާފައި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، 1444 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނު ފުރާވަޑައިގެންފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ، މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަނޑައަޅުއްވާފައެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ އެންމެ ފަހު ފްލައިޓު ފުރާފައިވަނީ މި އަހަރުގެ 19 ވަނަ ދުވަހުގައެވެ.

ހައްޖާޖީންގެ ފުރަތަމަ ފްލައިޓު ރާއްޖެއިން ފުރީ މިމަހުގެ 12ވީ ބުދަ ދުވަހު ކަމަށް ވާއިރު މިމަހުގެ 13، 15، 16 އަދި 19 ވަނަ ދުވަހުވެސް ހައްޖުވެރިންވަނީ ފުރާފައެވެ.

- ކޮމެންޓް